މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: ފޭސްބޫކް

ދުވާފަރު ފުޓްބޯޅަ ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތް ފަށައިފި

ދުވާފަރު ފުޓްބޯޅަ ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.

ރ. ދުވާފަރު ފުޓްބޯޅަ ދަނޑު ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށް ހިންގޭ މަޝްރޫއުގެ ދަށުން އެ ރަށު ދަނޑުގައި ޓާފް އެޅުމަށް ވެމް އެންޑް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއެކު ސޮއެ ކޮށްފައި ވަނީ ހުސްވި އަހަރު ޑިސެންބަރު 28 ވަނަ ދުވަހުއެވެ.

އެދުވަހު، ދުވާފަރު ހިމެނޭހެން ޖުމުލަ 13 ރަށެއްގެ ފުޓްބޯޅަ ދަނޑު ތަރައްޤީ ކުރުމަށް އެ ކުންފުންޏާއި ހަވާލުކޮށްފައިވެއެވެ. 
އެގޮތުން، މިއަހަރުގެ ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހު އެ ދަނޑަށް ބޭނުންވާ ޓާފު ދުވާފަރަށް ގެންދިޔަ ނަމަވެސް ޓާފު އެޅުމުގެ މަސައްކަތް އޮތީ މަޑުޖެހިފައެވެ. 

ނަމަވެސް، ގިނަ ދުވަސްތަކަކަށްފަހު ދަނޑުގައި ޓާފު އެޅުމުގެ މަސައްކަތް މިއަދު ފަށާފައިވާއިރު، މި މަސައްކަތް މެދުނުކެނޑި ކޮށް ނިންމާލުމަކީ އެރަށު ޒުވާނުންގެ ވަރަށް ބޮޑު އެދުމެކެވެ. 

ދުވާފަރު ދަނޑު ތަރައްޤީކުރުމަށް މި އަހަރުގެ ބަޖެޓުގައި 1.7 މިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ.

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ