މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: މީދޫޓައިމްސް

ރެންޑަމް ސާމްޕަލެއް ޕޮޒިޓިވް ވެފައިވަނިކޮށް މީދޫ މޮނިޓަރިންއިން ނަގައިފި

މޮނިޓަރިން ހާލަތުގައި ރަށަށް އަރާ ފޭބުން މަނާކޮށްފައި އޮންނަތާ ގިނަ ދުވަސްތަކެއްފަހުން، ރ. މީދޫ މޮނިޓަރިން ހާލަތުން ނަގައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އެރަށް މޮނިޓަރިންއަށް ލާފައިވާނީ، އެރަށު ހަޒާރު ބޯޓުގެ 4 ފަޅުވެރިޔަކު ކޮވިޑަށް ޕޮޒިޓިވް ވުމާއި ގުޅިގެން 30 ޖޫންގައެވެ. 

މޮނިޓަރިން ހާލަތުން ނެގުމަށް އެރަށުން ނެގި ރެންޑަމް ސާމްޕަލްތަކުގެ ތެރެއިން ސާމްޕަލެއް 27 ޖުލައި ގައި ޕޮޒިޓިވްވި ކަމަށް އެރަށު ޞިއްޙީ މަރުކަޒުން ރިޕޯޓު ކޮށްފައިވެއެވެ. 

މީދޫ ޞިއްޙީ މަރުކަޒުން ބުނީ، ރެންޑަމް ސާމްޕަލްތަކުގެ ތެރެއިން ޕޮޒިޓިވްވި ސާމްޕަލް ރިވިއު ކުރަމުން އަންނަ ކަމަށެވެ. އެހެންނަމަވެސް، މޮނިޓަރިންގައި ގިނަ ދުވަސްތަކެއް ވާތީ ހެލްތް ޕްރޮޓެކްޝަން އޭޖެންސީން އެރަށް މޮނިޓަރިން ހާލަތުން ނަގައިދީފައިވާ ކަމަށެވެ. 

އަދި، މޮނިޓަރިން އުވާލި ނަމަވެސް، ކުރިޔަށް އޮތް 7 ދުވަހުގެ ތެރޭގައި އިތުރު 50 ރެންޑަމް ސާމްޕަލް ނަގަންޖެހޭކަމަށް ވެސް ޞިއްޙީ މަރުކަޒުން މަޢުލޫމާތު ދެއްވައެވެ. 

ރ. މީދޫއިން މީގެ ކުރިންވެސް  ޕޮޒިޓިވް ކޭސްތަކެއް ފެނި އެރަށް މޮނިޓަރިންއަށް ލިއެވެ. ނަމަވެސް، މޮނިޓަރިން އުވާލުމަށް ނެގި 104 ސާމްޕަލް އޭރު ނެގެޓިވް ވުމުން މޮނިޓަރިން އުވާލީ 22 ދުވަހަށް ފަހު 24 ޖޫން ގައެވެ.

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ