މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: ފޭސްބޫކް

ހާލަތު ގޯސްވެ ރީޖަނަލް ހޮސްޕިޓަލްގެ ޑޮކްޓަރުންގެ ޓީމެއް ދުވާފަރުގައި ހަރަކާތްތެރިވަނީ

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ ޓީމެއް ދުވާފަރުގައި ހަރަކާތްތެރިވާން ފަށައިފިއެވެ.

ދުވާފަރު ޞިއްޙީ މަރުކަޒުން ބުނީ، ދުވާފަރުގެ ކޮވިޑް ހާލަތު ވަޒަންކޮށް ހައިރިސްކު މީހުންގެ ހާލަތު ބެލުމަށް އުނގޫފާރުން ޑޮކްޓަރުންގެ ޓީމަކާއިއެކު އެ މަރުކަޒުގެ މުވައްޒަފުން ގޭގެއަށް ޒިޔާރަތްކުރަމުން ދާ ކަމަށެވެ. 

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ ޓީމެއް ދުވާފަރަށް ގޮސް ހަރަކާތްތެރިވާން ފަށާފައި މިވަނީ، އިއްޔެ ދުވާފަރުން ކޮވިޑް19 ޖެހިގެން ނިޔާވި މީހާގެ މައްސަލާގައި ޒިންމާދާރު ފަރާތްތަކުގެ އިހުމާލު އޮތްކަމަށް ގިނަ ބަޔަކު ބުނަމުން ދަނިކޮށެވެ. 

އިއްޔެގެ ހާދިސާއާއި ގުޅިގެން ރ. އަތޮޅު ކައުންސިލްގެ ރައީސްވެސް ވަނީ، އެ ހާދިސާ ހިނގުމުގައި ޒިންމާދާރު ފަރާތްތަކުގެ އިހުމާލު އޮތްކަމަށް ވިދާޅުވެފައެވެ. 

ދުވާފަރު އިއްޔެ 4 ވަނަ މީހަކު ނިޔާވެފައިވާއިރު، އެރަށުގައި ހުރީ އެންމެ ޑޮކްޓަރެއް ކަމަށް އެރަށުން މަޢުލޫމާތު ދެއެވެ. 5000 އަށްވުރެ އާބާދީ ބޮަޑު ދުވާފަރަކީ އަތޮޅުގައި އޮތް އާބާދީ އެންމެ ބޮޑު ރަށެވެ. 

އިއްޔެގެ ހާދިސާއާއި ގުޅިގެން އެރަށު ރައްޔިތުންގެ ގިނަބަޔަކު ވަނީ ޞިއްޙީ މަރުކަޒު ކައިރީ އަޑު އުފުލާފައެވެ. އަދި އެކަމުގެ ތެރޭގައި މަރުކަޒުގެ ބައެއް ތަކެއްޗަށްވެސް ގެއްލުން ލިބިފައިވާކަމަށް މަޢުލޫމާތު ލިބެއެވެ. 

އިއްޔެ ނިޔާވި މީހާ ނިޔާވީ، އޭދަފުށި މެޑިކަލް ސެންޓަރަށް ގެންދިޔުމަށް ސީ އެމްބިއުލާންސް ހަމަނުޖެހިގެން އުޅެނިކޮށް ކަމަށް އެރަށުން މަޢުލޫމާތު ދެއެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
100%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ