މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: އިސްމާޢީލް ޝަފީޢު

ޤާނޫނުން ލާޒިމްކުރާ ރައްޔިތުންގެ ބައްދަލުވުން ފައިނު ކައުންސިލުން ބާއްވައިފި

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަށް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައި ބުނާ ޖުލައި މަހުގެ ތެރޭގައި ބޭއްވުމަށް ކައުންސިލްތަކަަށް ލާޒިމްކުރާ ރައްޔިތުންގެ ބައްދަލުވުން ފައިނު ކައުންސިލުން ބާއްވައިފިއެވެ.

މިދިޔަ މަހުގެ 31 ވަނަ ދުވަހު ބޭއްވި މި ބައްދަލުވުމުގައި، ޤާނޫނުގައި ބުނާ ގޮތުގެމަތިން، ކުރިޔަށް އޮތް 2022 ވަނަ އަހަރަށް ތައްޔާރު ކޮށްފައިވާ މަސައްކަތު ތާވަލާއި ބަޖެޓު ރައްޔިތުންނާއި ހިއްސާކޮށް ރައްޔިތުންގެ ހިޔާލު ހޯދުން ކުރިޔަށް ގެންގޮސްފައިވެއެވެ. 
ރައްޔިތުންގެ ބައްދަލުވުމުގެ ތެރެއިން: ފޮޓޯ: އިސްމާޢީލް ޝަފީޢު
މީގެ އިތުރުން، ރަށުގެ ތަރައްޤީގެ ކަންކަމާއި ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދުން ކުރިޔަށް ގެންގޮސްފައިވެއެވެ. 

މިއީ ފައިނު ކައުންސިލްގެ 4 ވަނަ ދައުރަށް އިންތިޚާބުވި ކައުންސިލަރުން މަޤާމާއި ހަވާލުވިފަހުން ރައްޔިތުންނާއި ބައްދަލުކުރި ފުރަތަމަ ފަހަރުކަން ފާހަގަ ކޮަށްލެވެއެވެ. 

ލާމަރުކަޒީ ޤާނޫނުގައި ބުނާގޮތުން، ކޮންމެ ކައުންސިލަކުންވެސް މަދުވެގެން އަހަރަކު ދެ ފަހަރު ރައްޔިތުންނަށް އާންމުކޮށް ހުޅުވާލައިގެން ބައްދަލުވުމެއް ބާއްވަން ޖެހެއެވެ. އެއީ، ފެބްރުއަރީ މަހުގެ ތެރޭގައި ބާއްވަންޖެހޭ ބައްދަލުވުމަކާއި، ޖުލައި މަހުގެ ތެރޭގައި ބާއްވަން ލާޒިމްކޮަށްފައިވާ ބައްދަލުވުމެކެވެ. 

މިފަދަ ބައްދަލުވުންތަކަކީ، ފަހަކަށް އައިސް ކައުންސިލްތަކުން ޚާއްސަ އިސްކަމެއް ދޭ ބައްދަލުވުންތަކެއްކަން ފާހަގަ ކޮށްލެވެއެެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ