މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: މަޑުއްވަރީ ކައުންސިލް

ރ. މަޑުއްވަރީ އައުޓްޑޯރ ޖިމްގެ މަސައްކަތް ނިންމާ ކައުންސިލާ ހަވާލުކޮށްފި

ރ. މަޑުއްވަރީގައި ސަރުކާރުން ޤާއިމް ކޮށްދިން އައުޓްޑޯ ޖިމްގެ މަސައްކަތް ނިންމާ ކައުންސިލާއި މިއަދު ހަވާލު ކޮށްފިއެވެ.

މި ޕްރޮޖްކްޓްގެ މަސައްކަތް ކުރިޔަށް ގެންދިޔުމަށް ކޮންޓްރެކްޓަރަށް ބިން ދައްކާފައިވަނީ، 2021 މާރިޗް 29 ވަނަ ދުވަހެވެ. 

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ 61 ރަށުގައި ގާއިމްކުރާ އައުޓްޑޯރ ޖިމްތަކުގެ ތެރެއިން 32 ރަށެއްގެ އައުޓްޑޯރ ޖިމްގެ ތަކެތި ރަށްރަށަށް ގެންގޮސް އިންސްޓޯލް ކުރުމަށް ހަވާލު ކޮށްފައިވަނީ، ސިނާން ގްރޫޕް ޕްރައިވެޓް ލިމިޓެޑާއެވެ. 
މި މަސައްކަތް އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ  4،101،134.17 ރުފިޔާއަށް 2020 ނޮވެމްބަރ 9 ވަނަ ދުވަހެވެ. 

ހަވާލު ކޮށްފައިވަނީ، އެއްބަސްވުމުގައި ސޮއިކުރާތާ 14 ދުވަހުގެ ތެރޭގައި މަސައްކަތް ފަށަން ޖެހޭއިރު 56 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަން ޖެހޭ ގޮތަށެވެ. 

ނަމަވެސް، އެ ކުންފުންޏާއި ހަވާލުކުރި ބައެއް ރަށްރަށުގެ މަސައްކަތް އަދިވެސް ނިމިފައެއް ނުވެއެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ