މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: އިނާހް

ދަނޑުވެރިކަން ކުރުމަށް ފައިނުން ދިގު މުއްދަތަށް ބިން ދޫކުރަނީ

ދަނޑުވެރިކަން ކުރުމަށް ފައިނުން ދިގު މުއްދަތަށް ބިން ދޫކުރުމަށް ނިންމާ އެކަން ފައިނު ކައުންސިލުން އިޢުލާން ކޮށްފިއެވެ.

ފައިނު ކައުންސިލުން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ، ދިގުމުއްދަތަށް ދަނޑުވެރިކަން ކުރަން ބޭނުންވާ ފަރާތްތަކަށް ނިމިދިޔަ ކައުންސިލްގެ ދައުރުގައި އެގްރިކަލްޗަރ މިނިސްޓްރީއާއި ގުޅިގެން ޑްރިޕް އިރިގޭޝަން ޕްރޮޖެކްޓްގެ ދަށުން ތަރައްޤީ ކޮށްފައިވާ ދަނޑުބިންތައް ހިމެނޭގޮތަށް، ރަށުގެ ސޯސަންމަގުގައި ދަނޑުވެރިކަން ކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދުން 30 ދަނޑުބިން ދޫކުރާގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.

މި ދަނޑުބިންތައް ދޫކުރުމުގައި އަމަލު ކުރާނީ ފައިނު ކައުންސިލުން އެކުލަވާލާފައިވާ "ރ. ފައިނުން ދިގު މުއްދަތަށް ދަނޑުބިން ދޫކުރުމާއި ދަނޑުވެރިކަން ކުރުމުގެ އުޞޫލު" އާއި އެއްގޮތަށް ކަމަށްވެސް ފައިނު ކައުންސިލުން މަޢުލޫމާތު ދެއެވެ.

މި ދަނޑުބިންތަކަށް އެދުމުގެ ސުންގަޑިއަކީ 19 އޮގަސްޓް 2021 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 1:00 އެވެ. ދަނޑުބިމަށް އެދޭ ފޯމް ކައުންސިލް އިދާރާއިންނާއި އިދާރާގެ ވެބްސައިޓުން ލިބެން ހުރިއިރު، އަމިއްލަ ފަރުދުންނާއި ކުންފުނިތަކަށް ވެސް މިކަމަށް އެދި ކުރިމަތި ލުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.

މިލިޔުން ކިޔާލުމުން

50%
އުފާވި
0%
ދެރަވި
50%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ