މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: ރައޫފް

ފައިނު އޮޑިދޯނިފަހަރު އެހެލާ ސަރަހައްދުން ވެލި ދޫކުރަން ފަށަނީ

ފައިނުގައި އޮޑިދޯނިފަހަރު އެޅުމަށް ހާއްސަ ކޮށްފައިވާ ސަރަޙައްދަށް ޖަމާވެފައިވާ ވެލިން އާންމުންގެ އެކި ބޭނުންތަކަށް ވެލި ދޫކުރަން ފަށާ ވެއްޔަށް އެދުމުގެ ފުރުޞަތު ފައިނު ކައުންސިލުން ހުޅުވާލައިފިއެވެ.

ފައިނު ކައުންސިލުން މިއަދުކުރި އިޢުލާނެއްގައި ބުނެފައިވަނީ، އޮޑިދޯނިފަހަރު އެހެލާ ސަރަހައްދަށް ޖަމާވެފައިވާ ވެލިތަކުން ވެލި ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށާއި ވެލި ދޫކުރެވޭނީ ކޮންމެ ގޯއްޗަކަށް 150 ޑަބިޔާ ކަމަށެވެ. ވެލި ދޫކުރުމަށް ހަމަޖެހިފައިވަނީ، ދޫކޮށްފައިވާ ކޮންމެ ގޯއްޗަކަށް އެގެއެއްގެ ބޭނުމަށް އެ ގޯއްޗެއްގެ ވެރިފަރާތުން އެކަމަށް އެދުމުން އެފަރާތަކަށް ކަމަށްވެސް ފައިނު ކައުންސިލްގެ އިޢުލާނުގައި ބުނެފައިވެއެވެ.

އަދި ވެލި ނެގުމުގެ ހުއްދަ ދޭތާ 1 މަސް ދުވަހުގެ ތެރޭގައި ވެލި ނަގާ ނިންމަންވާނެކަމަށާއި ނަގާވެލި ގިނަވެގެން 10 ދުވަހުގެ ތެރޭގައި ގެންދަންވާނެ ކަމަށްވެސް ބުނެފައިވެއެވެ.

ވެލި ބޭނުންވާ ފަރާތްތަކުން ކައުންސިލް އިދާރާއަށް ގޮސް ނަން ނޯޓު ކުރެވޭ ގޮތަށް ހަމަޖައްސާފައިވާއިރު، 2021 އޯގަސްޓް 16 ގެ 14:00 ގެ ކުރިން އޮންލައިންކޮށްވެސް އެ ޚިދުމަތަށް އެދެވޭނެ އިންތިޒާމު ފައިނު ކައުންސިލުން ވަނީ ހަމަޖައްސަވާފައެވެ. 

އެ ސަރަޙައްދުން ވެލި ނެގުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ، އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) ގެ ހުއްދައާއިއެކުއެވެ.

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ