މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41

ފައިނު ސްކޫލްގެ ދަރިވަރު ލިއުޝާ އޯލެވެލް ޓޮޕް 10 ގެ 5 ވަނަ ހޯދައިފި

މިއަހަރު ކުރިޔަށް ގެންދިޔަ އޯލެވެލް އިމްތިޙާނުގައި ފައިނު ސްކޫލްގެ ދަރިވަރު ލިއުޝާ ޢަލީ އޯލެވެލް ޓޮޕް10 ގެ 5 ވަނަ ހޯދައިފިއެވެ.

ފައިނު ސްކޫލްގެ ގްރޭޑް 10 ގައި ތަޢުލީމު ހާސިލުކުރި ލިއުޝާވަނީ ޖީސީއީ އޯލެވެލްގައި 4 މާއްދާއަކުން އޭ ސްޓަރ ހޯދާފައެވެ. އަދި އިތުރު 4 މާއްދާއަކުން އޭ ހޯދާފައެވެ. 

މި ކާމިޔާބީއާއިއެކު ލިއުޝާވަނީ ފައިނު ސްކޫލްގައި އޯލެވެލް އިމްތިޙާނު ހަދަން ފެށިފަހުން ހުރިހާ މާއްދާއަކުން އޭ ގްރޭޑް ހޯދި ފުރަތަމަ ދަރިވަރުގެ ފަޚްރު ހޯދާފައެވެ. މިއީ، މިހާތަނަށް ފައިނު ސްކޫލްގެ ދަރިވަރަކު އޯލެވެލް އިމްތިޙާނުގައި ހޯދި އެންމެ މަތީ ނަތީޖާއެވެ. 

ފައިނު ސްކޫލަކީ ދަރިވަރުންގެ އާބާދީ މަދެއްކަމަކު މޮޅު ދަރިވަރުންތަކެއް އުފައްދަމުންދާ ސްކޫލެކެވެ. އެގޮތުން، ސްކޫލްގެ ގްރޭޑް 8 ގައި ކިޔަވަމުން ދިޔަ ނަފްހާ ނަސީމްއާއި ލަކްޝްމީ ޕްރިޔާ ވަނީ އިންގްލިޝް އޭސްއަ ސެކަންޑް ލޭންގްއޭޖްގައި މިއަހަރު ބައިވެރިވެ އެ މާއްދާއިން އޭ ގްރޭޑް ހޯދާފައިކަންވެސް ފާހަގަ ކޮށްލެވެއެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

1 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ށިފާން 2 years ago

މަރުޚަބާ ލިޔުޝާ

ރައްދު

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ