މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: ޢަބްދުއް ރައޫފް

ފައިނު ލޭންޑްމާކް ކުރެހުމުގެ މުބާރާތުގެ ސުންގަޑި 30 އޯގަސްޓަށް ހަމަވަނީ

ފައިނަށް ޚާއްސަ ލޭންޑްމާކެއް ކުރެހުމަށް ފައިނު ކައުންސިލުން ހުޅުވާލާފައިވާ ފުރުޞަތުގައި ކުރެހުންތައް ހުށަހެޅުމުގެ ފުރުޞަތު 30 އޯގަސްޓަށް ހަމަވާނެއެވެ.

ފައިނު ކައުންސިލުން އާންމު ކޮށްފައިވާ ގޮތުގައި، ލޭންޑުމާކު ކުރެހުމަށް ފުރުޞަތު ހުޅުވާލާ ފަށާފައިވާ މި މުބާރާތަކީ، ޒުވާނުންގެ ދުވަހާއި ގުޅުވައިގެން ކުރިޔަށް ގެންދާ މުބާރާތެއް ކަމަށެވެ. އެގޮތުން، މި މުބާރާތުގެ މައިގަނޑު މަޤްޞަދަކީ، ފައިނަށް ޚާއްސަ ލޭންޑުމާކެއް ކުރެހުމުގެ ފުރުޞަތު ޚާއްސަކޮށް ފައިނުގެ ޒުވާނުންނަށް ލިބިދިނުމެވެ.

މި މުބާރާތުގެ ޤަވާއިދު ބުނާގޮތުން، މި މުބާރާތުގައި ކޮންމެ މީހަކަށް ހުށަހެޅޭނީ 1 ކުރެހުމެވެ. މުބާރާތުގައި ރަށުން ބޭރުގެ ފަރާތްތަކަށް ވެސް ކުރެހުން ހުށަހެޅޭނެއެވެ. އަދި ލޭންޑްމާކްގެ ޑިޒައިނުން، ރަށުގެ ތާރީޚް، ސަޤާފަތް އަދި އާދަކާދަ ދައްކުވައިދޭ، މަދުވެގެން 1 ކަމެއް ހިމެނެންވާނެ ކަމަށް ވެސް ބުނެފައިވެއެވެ. މީގެ އިތުރުން، ޑިޒައިންގެ އެކި ބައިތަކުން ދޭހަވާ މާނަ ނުވަތަ ރަމްޒުކޮށްދޭ ކަމެއް ނުވަތަ އެއްޗެއްގެ ތަފުސީލު ކުރެހުމާއިއެކު ހުށަހަޅަންވާނެ ކަމަށާއި، ތާރީޚާއި ސަޤާފަތް އަދި އާދަކާދަ ދައްކުވައި ދިނުމުގައި ރިފަރެންސްތައް ހުށަހަޅަންވާނެ ކަމަށް ވެސް ބުނެފައިވެއެވެ. 

ކައުންސިލުން އާންމު ކޮށްފައިވާ ޤަވާއިދުގައި ބުނެފައިވަނީ، ކުރެހުންތައް ހުންނަންވާނީ، އޮޓޯކެޑް، ސްކެޗްއަޕްފަދަ ތްރީޑީކޮށް ކުރެހުން ދައްކުވައިދޭފަދަ ފޯމެޓެއްގައި ކަމަށެވެ. 

މި މުބާރާތުން 1 ވަނައަށް ދާ ފަރާތަކަށް 2000 ރުފިޔާ އަދި 2 ވަނައަށް ދާ ފަރާތަކަށް 1000 ރުފިޔާ ދިނުމަށްވަނީ ހަމަޖެހިފައެވެ.

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ