މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: ފޭސްބޫކް

ރ. މީދޫ ފެނަކަ އޮފީހުގެ ބިންގާ އަޅައިފި

ފެނަކައިން ރ އަތޮޅު މީދޫގައި އަޅާ އައު އޮފީހުގެ ބިންގާ އަޅައިފިއެވެ.

މި ކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި އައު އޮފީހުގެ ބިންގާ އަޅުއްވައި ދެއްވީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު ސައީދެވެ. އެ ރަސްމިއްޔާތުގައި، ރަށުގެ ކައުންސިލްގެ މެމްބަރުންނާއި، ސަރުކާރުގެ ބައެއް އިސްފަރާތްތަކުގެ އިތުރުން ފެނަކަ އޮފީހުގެ މުވައްޒަފުން ބައިވެރިވިއެވެ. 

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަމުން ސައީދު ވިދާޅުވީ، މީދޫ ގެ ކަރަންޓުގެ ހިދުމަތް ރަނގަޅުކުރުމުގެ މަސައްކަތް މިއަހަރުގެ ފަހުކޮޅު ފެށިގެން ދާނެ ކަމަށާއި، 800 ކިލޯ ވޯޓުގެ ޖަނެރޭޓަރެއް މީދޫ އަށް ގެނައުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށެވެ.

ރަށުގައި އަލަށް އަޅާ ފެނަކަ އޮފީހުގައި، މީޓިން ރޫމް އަކާއި، ނަމާދު ކުރާނެ ކޮޓަރިއަކާއި، ރިސެޕްޝަނަކާއި، މެނޭޖަރު ކޮޓަރިއެއް ހިމެނޭނެ ކަމަށް ފެނަކައިން ވަނީ ބުނެފައެވެ.

މި އޮފީސް އިމާރާތް ނިމުމުން، ކުރިން އެރަށުގައި ބޭނުން ކުރަމުން ދިޔަ ފެނަކަ އޮފީހުގެ ހިދުމަތްތައް އައު އޮފީހަށް ބަދަލު ކުރެވިގެން ދާނެ އެވެ.

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ