މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: ފައިނު ސްކޫލް

ކެންސަރު ބަލީގެ ދުވަސް ފާހަގަ ކުރުމަށް ހަރަކާތްތަކެއް ކުރިޔަށް ގެންގޮސްފި

ދުނިޔޭގެ ކެންސަރުބަލީގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ފައިނުގައި ހަރަކާތްތަކެއް ހިންގައިފިއެވެ. 

މިދުވަސް ފާހަގަ ކުރުމުގެ ގޮތުން، މިއަދު ފައިނު ސްކޫލްގައިވަނީ ދުވަހާއި ގުޅޭ ޚާއްޞަ ހަރަކާތެއް ކުރިޔަށް ގެންގޮސްފައެވެ. މިހަރަކާތް ފެށިފައިވަނީ ދުވަހާއި ގުޅޭ ޚާއްޞަ އެސެމްބްލީއަކުންނެވެ. މިއެސެމްބްލީގައި ކެންސަރު ބައްޔާއި ގުޅޭގޮތުން ހެލްތް ކުލަބުގެ ފަރާތުން މަޢުލޫމާތު އެރުވުން އޮތެވެ. އެއަށްފަހު ދަރިވަރުންގެ ފަރާތުން ދުވަހާއި ގުޅޭ ޝިއާރު، އެކަމަށް ޚާއްޞަ ކުރެވިފައިވާ ބޯޑެއްގައި ހަރުކުރުމާއި ދުވަހާއި ގުޅޭ ފްރޭމްތައް ބޭނުންކޮށްގެން ފޮޓޯ ނެގުން ކުރިޔަށް ގެންގޮސްފައިވެއެވެ. 
ފައިނު ސްކޫލުން ބޭއްވި ހަރަކާތުގެ ތެރެއިން
މިޙަރަކާތުގެ އިތުރުން، ފައިނު ޞިއްޙީ މަރުކަޒުގެ ފަރާތުންވެސް ވަނީ މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިޔަށް ގެންގޮސްފައެވެ. ކަނބަލުންނަށް ޚާއްޞަކޮށްގެން ބޭއްވި މިސެސަޝަންގައި ކެންސަރު ބައްޔާއި ގުޅޭގޮތުން ޕްރެޒެންޓޭޝަނެއްގެ އެހީގައި މަޢުލޫމާތު ދީފައިވެއެވެ. 
ޞިއްޙީ މަރުކަޒުގެ ފަރާތުން ކަނބަލުންނަށް މަޢުލޫމާތު ދެއްވަނީ - ފޮޓޯ: ފައިނު ޞިއްޙީ މަރުކަޒު
ކެންސަރުގެ އިލްމީ ތައުރީފަކީ އެއްވެސް ސަބަބެއް ނެތި، އެއްވެސް ބޭނުމެއް ނެތި، ހަށިގަނޑަށް މަތަނުވާ ވަރަށް(ކޮންޓްރޯލްނުވާ ވަރަށް) ހަށިގަނޑުގައި އުފެދޭ ކޮންމެ އާ އުފެދުމެކެވެ.
ފަަިނު ސްކޫލްގައި ކުރިޔަށްދިޔަ ހަރަކާތުގެ ތެރެއިން

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

3 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ރަމީ 4 years ago

ހޭލުންތެރިކަން އިތުރު ކުރަން މިކަހަލަ ދުވަސް ގިނައިން ފާހަގަ ކުރަންވީ. އޭރުން މިހާރަށްވުރެ ރަނގަޅުވާނެ...

ރައްދު

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

އަލީ 4 years ago

ޢެންމެ ތާޒާ ހަބަރު... ފަހީމް ގަދަ. ކީޕިޓްއަޕް

ރައްދު

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހެޔޮ އެދޭ މީހާ 4 years ago

މިފަދަ ދުވަސްތަކުގައި ލިބޭ މައުލޫމާތުގެ އަލީގައި ދިރިއުޅުމަށް އެކަށޭނަ ބަދަލު ތަކެއް ގެނައުމަކީ ވަރަށް މުހިންމު ކަމެއް!

ރައްދު

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ