މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: ފައިނު ކައުންސިލްގެ އިދާރާ

ފައިނު އަންހެނުން ކޮމެޓީގެ ކާބޯތަކެތީގެ މައުރަޒުގެ ވަނަތައް ހޮވައިފި

ކާބޯތަކެތީގެ ދުވަހާއި ގުޅުވައިގެން ފައިނު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން ކުރިޔަށް ގެންދިޔަ ކާބޯތަކެތީގެ މައުރަޒުގެ ވަނަވަނައަށް ދިޔަ ފަރާތްތަކަށް އިނާމް ދިނުން ކުރިޔަށް ގެންގޮސްފިއެވެ.

ފައިނު ކައުންސިލް އިދާރާގައި  ބޭއްވި މި ހަފްލާގައި ވަނަވަނައަށް އައި ފަރާތްތަކަށާއި މައުރަޒުގައި ފަނޑިޔާރުކަން ކޮށްދެއްވި ފަރާތްތަކަށް ހަނދާނީ ލިޔުން ދީފައިވެއެވެ. 

މި މުބާރާތުގެ ވަނަތައް ތިރީގައި އެވަނީ،

ކުޅިކާ ތަކެތީގެ ބައިން 1 ވަނަ – ބިންބި ހަދިޔާ (ޝިމާނާ، ޝާހިދާ، ޔުމްނާ)

ފޮނިކާ ތަކެތީގެ ބައިން 1 ވަނަ – ކަށިކެޔޮ ޝޫޖީ (ވަފިއްޔާ ޙުސައިން)

ސަޤާފީ ކާތަކެތީގެ ބައިން 1 ވަނަ – ކުޅި ބަނބުކެޔޮ (ވަފިއްޔާ ޙުސައިން)

އުފެއްދުންތެރިކަމުން 1 ވަނަ – ސެލެޑް (ނަސީމާ ޙަސަން މަނިކު)

ބެލުންތެރިންގެ އެންމެ މަޤްބޫލު އުފެއްދުން – އަޑަފިކޮޅު (ފާޠިމަތު ރިފާ)

މުޅި މައުރަޒުގެ 3 ވަނަ – ސެލެޑް (ނަސީމާ ޙަސަން މަނިކު)

މުޅި މައުރަޒުން 2 ވަނަ – ކަށިކެޔޮ ޝޫޖީ (ވަފިއްޔާ ޙުސައިން)

މުޅި މައުރަޒުން 1 ވަނަ – ކުޅި ބަނބުކެޔޮ (ވަފިއްޔާ ޙުސައިން)

ތަފާތު ގިނަ ބާވަތްތަކެއް ފެނިގެންދިޔަ މި މައުރަޒަށް ގިނަ އަދަދެއްގެ ބަޔަކު ޒިޔާރަތް ކޮށްފައިވެއެވެ.

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ