މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: ހެލްތް

އިނގުރައިދޫ ވެސް ހިމެނޭހެން 20 ރަށަކަށް އެމްބިއުލާންސް ފޮނުވައިފި

ރާއްޖޭގެ 20 ރަށަކަށް އެމްބިއުލާންސް މިއަދު ފޮނުވައިފިއެވެ.

އެސްޓީއޯއާއި ހަވާލުކޮށްގެން ހެލްތް މިނިސްޓްރީން ގެނައި މި އެމްބިއުލާންސްތައް ފޮނުވާފައިވާ ރަށްތަކުގެ ތެރޭގައި ރ. އަތޮޅުން ހިމެނިފައިވަނީ ހަމައެކަނި ރ. އިނގުރައިދޫއެވެ. 

ރަށްރަށަށް އެމްބިއުލާންސްތައް ފޯރުކޮށްދިނުމަށް މިހާރު ދޯނި ފުރާފައިވާއިރު، އިނގުރައިދޫގެ އިތުރުން ދެން އެމްބިއުލާންސް ފޮނުވާފައިވަނީ، ހއ. އުލިގަމް، ހއ. ފިއްލަދޫ، ހދ. މަކުނުދޫ، ހދ. ނޮޅިވަރަމް، ށ. ފޯކައިދޫ، ނ. މިލަދޫ، ނ. ހެނބަދޫ، ޅ. ކުރެންދޫ، ބ. ތުޅާދޫ، ކ. ހުރާ، އދ. ދަނގެތި، ފ. ބިލެއްދޫ، ތ. މަޑިފުށި، ލ. މާމެންދޫ، ގއ. ގެމަނަފުށި، ށ. މަރޮށި، ތ. ގާދިއްފުށި، ބ. ކުޑަރިކިލު އަދި އއ. ތޮއްޑޫއަށެވެ. 

މި މަހުގެ 13 ވަނަ ދުވަހު ރާއްޖެ ގެނައި އެމްބިއުލާންސްތަކަކީ 96 އެމްބިއުލަންސް ގެނައުމަށް އެސްޓިއޯއާއި ހެލްތު މިނިސްޓްރީ އާއިއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ގެނައި އެމްބިއުލާންސްތަކެކެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ