މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: އިނާހް

ފައިނު އަދި މަޑުއްވަރީ ސްކޫލަށް ޕްރިންސިޕަލުން ހޯދަނީ

ފައިނު އަދި މަޑުއްވަރީ ސްކޫލަށް ޕްރިންސިޕަލުން ހޯދަން އެޑިޔުކޭޝަން މިނިސްޓްރީން އިޢުލާން ކޮށްފިއެވެ.

އެ މިނިސްޓްރީން މިދިޔަމަހު 31 ގައި ކުރި އިޢުލާނެއްގައި ފައިނު އަދި މަޑުއްވަރީގެ އިތުރުން 11 ސްކޫލަކަށް ޕްރިންސިޕަލުން ހޯދަން އިޢުލާން ކޮށްފައިވެއެވެ. 

މި މަޤާމަށް އެދި ކުރިމަތިލާ ފަރާތްތަކުން 10 ނޮވެމްބަރުގެ 13:30 ގެ ކުރިން ވަޒީފާއަށް އެދި ހުށަހަޅަން ޖެހެއެވެ. ހުށަހަޅާ ލިޔުންތައް މިނިސްޓްރީންނާއި މިނިސްޓްރީގެ އީމެއިލް މެދުވެރިކޮށް ވެސް ބަލައިގަތުމަށް ވަނީ ހަމަޖެހިފައެވެ. 

ގިނަ ސްކޫލްތަކަކަށް ޕްރިންސިޕަލުން ހޯދުމަށް އިޢުލާން ކޮށްފައި މިވަނީ، ރ. މަޑުއްވަރީ ސްކޫލްގައި ޕްރިންސިޕަލެއް ނެތި ގިނަ ދުވަސްތަކެއް ވެފައިވާތީ އެ ދާއިރާގެ މަޖިލިސް މެންބަރު ރައްޔިތުންގެ މަޖިލީހުގައި އެޑިޔުކޭޝަން މިނިސްޓަރާއި ސުވާލު ކުރުމަށް ހުށަހަޅާފައިވަނިކޮށެވެ. 

ފައިނު ސްކޫލްގައި ވެސް ޕްރިންސިޕަލެއް ނެތި ވަނީ ގިނަ ދުވަސްތަކެއް ވެފައެވެ. މިހާރު ވެސް ސްކޫލްގެ ޕްރިންސިޕަލެއްގެ ޒިންމާ އަދާކުރައްވަމުން ގެންދަވަނީ، ވަގުތީގޮތުން ޓީޗަރަކާއި ހަވާލު ކޮށްގެނެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

2 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ގޮތްނޭންގޭ 2 years ago

މިހާރު ހުރިމީހާ ޝަރުތު ހަމަވީމާ އިއުލާނު ކޮށްލީ.. ލަދު

ރައްދު

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

އަހުމަދު 2 years ago

ދާއިމީ ކޮޢްލަނީދޯ

ރައްދު

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ