މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: ރައީސް އޮފީސް

މަޑުއްވަރީ ކައުންސިލްގެ އާ އިމާރާތް އަޅައިދޭނެ ފަރާތެއް ހޯދަނީ

ރ. މަޑުއްވަަރީ ކައުންސިލް އިދާރާގެ އައު އިމާރާތް ކުރަހާ އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދަން އިޢުލާން ކޮށްފިއެވެ.

އެ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ކުރެހުން ސެޓްގައި ހިމަނަންޖެހޭ ގިނަ ކަންތައްތަކެއް ބަޔާންކޮށްފައި ވެއެވެ. އަދި އިމާރާތް ކުރުމުގެ މަސައްކަތުގެ ތެރޭގައި ހިމެނޭ ކަންކަމު ތެރޭގައި އިމާރާތްކުރަން ކަނޑައަޅާފައިވާ ސައިޓް ސާފުކޮށް ސައިޓް ވަކިކުރުމާއި ސައިޓްގައި މަސައްކަތްކުރާ ކޮންޓްރެކްޓަރާއި ކުރާ މަސައްކަތުގެ ލޭއައުޓް ސައިޓް ބޭރަށް ފެންނާނެހެން ހަރުކޮށްފައިބެހެއްޓުމާއި ކުރެހުމާއި އެއްގޮތަށް އިމާރާތް ކުރުމާއި އިމާރާތުގެ ހުރިހާ މަސައްކަތްތައް ނިންމައި ކައުންސިލާއި ޙަވާލުކުރުން ހިމަނާފައިވެއެވެ. 

މި މަސައްކަތުގެ ބިޑް ހުށަހަޅާފޯމް ފުރިހަމަ ކުރުމަށްފަހު ހުށަހެޅުމަށް ހުޅުވާލާފައިވަނީ 2021 ޑިސެންބަރު 09 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ނިޔަލަށެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ