މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ:އެމްޑަބްލިއުއެސްސީ

ކިނޮޅަހުގެ ނަރުދަމާގެ އާރްއޯ ޕްލާންޓް އިންސްޓޯލް ކުރުމުގެ މަސައްކަތް ފަށައިފި

ކިނޮޅަހުގެ ފެނާއި ނަރުދަމާގެ ނިޒާމްގައި ހިމެނޭ އާރްއޯ ޕްލާންޓް އަދި ޓޭންކް އިރެކްޝަން ޤާއިމް ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ކިނޮޅަހުގައި ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމު ކުރުމުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވާ މާލޭ ވޯޓާ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ބުނެފައިވާ ގޮތުގައި، މި މަޝްރޫޢުގައި ހިމެނޭ މަސައްކަތްތަކުގެ ތެރެއިން، އާރ އޯ ޕްލާންޓާއި ޓޭންކް އިރެކްޝަން އިންސްޓޯލް ކުރުމުގެ މަސައްކަތް ފެށިގެން ކުރިޔަށް ދާ ކަމަށެވެ. 

ކިނޮޅަހުގެ ފެނާއި ނަރުދަމާގެ މަޝްރޫޢުއަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓަރަކްޗަރގެ ފަރާތުން އެކުންފުންޏާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢުއެކެވެ. 

މިމަޝްރޫޢުގެ މުއްދަތަކީ 22 މަސްދުވަހެއެވެ. މިމަޝްރޫޢުގެ މަސައްކަތް ނިމުމުން ކިނޮޅަހުގެ ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާގެ ނިޒާމެއް ލިބިގެންދާނެއެވެ. މި މަޝްރޫޢުގައި ހިމެނޭ ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން ކިނޮޅަހުގައި 7.3 ކިލޯ މީޓަރުގެ ދިގު ނަރުދަމާ މައި ނެޓްވޯކް ޤާއިމްކުރުމާއި، 0.77 ކިލޯ މީޓަރގެ ޕަންޕިން ލައިން އެޅުމާއި، 2 ޕަންޑިންގ ސްޓޭޝަނާއި އަދި 1 ސީ އައުޓް ފޯލް ޤާއިމްކުރުން ހިމެނެއެވެ.

ކިނޮޅަހުގެ ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމް ކުރުމުގެ މަޝްރޫޢުއަކީ، ފާއިތުވި ސަރުކާރުގައިވެސް ފެށި މަޝްރޫޢުއެކެވެ. ނަމަވެސް އެކި ސަބަބުތަކާއި ހުރެ އެ މަޝްރޫޢު ވަނީ މަޑުޖެހިފައެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ