މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: ޝަފީޢު

ތަރައްގީގެ ޕްލޭނާއި ލޭންޑްޔޫސް ޕްލޭން ހިއްސާ ކުރުމަށް ބައްދަލުވުމެއް ބާއްވައިފި

ކުރިޔަށް އޮތް 5 އަހަރަށް ތައްޔާރުކުރާ ރަށު ތަރައްގީގެ ޕްލޭނާއި ދިގު މުއްދަތަށް ތައްޔާރުކުރާ ލޭންޑްޔޫސް ޕްލޭން ރައްޔިތުންނާ ހިއްސާ ކުރުމަށް ފައިނު ކައުންސިލުން ރައްޔިތުންނާ ބައްދަލު ކޮށްފިއެެވެ.

އިއްޔެރޭ ފައިނު ދަތުރުވެރިންގެ ހިޔާގައި ބޭއްވި މި ބައްދަލުވުމުގައި، ރަށު ތަރައްގީގެ ޕްލޭންގެ ހުލާސާ ޕްރެޒެންޓޭޝަނެއް ދެއްކުން އޮތެވެ. އެއަށްފަހު އެ ޕްލޭނަށް އެއްވެސް ހިޔާލެއް އޮތްނަމަ އެ ސުވާލެއް ކުރުމަށް ކައުންސިލުން ފުރުސަތު ހުޅުވާލިއެވެ. 

އެ ބައްދަލުވުމުގައި، ރަށުގެ ލޭންޑްޔޫސް ޕްލޭނަށް ހުށަހެޅިފައިވާ އިސްލާހުތައް ރައްޔިތުންނާ ހިއްސާ ކުރުންވެސް އޮތެވެ. އެގޮތުން ކައުންސިލުން ގެންނަން ބޭނުންވާ ބަދަލުތަކާ ރައްޔިތުންގެ އެކި ބައްދަލުވުންތަކާ ޕްލޭނިން ކޮމެޓީން ހުށަހަޅާފައިވާ އިސްލާހްތައް ހިއްސާ ކޮށްފައިވެއެވެ. 

ކައުންސިލްތަކުގެ އެ ޕްލޭންތައް އެކުލަވާލާ ފާސްކުރަން ގާނޫނުގައި ދީފައިވާ މުއްދަތަކީ، އައު ކައުންސިލްތައް މަގާމާއި ހަވާލުވާތާ 3 މަސް ދުވަހެވެ. 

ނަމަވެސް، ސިއްހީ ކުއްލި ހާލަތާއި ގުޅުވައިގެން ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ވަނީ އެ މުއްދަތު ނޮވެންބަރު 30 އަށް އިތުރު ކޮށްދީފައެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ