މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: ފޭސްބޫކް

މީދޫ ކައުންސިލްގެ ފުޓްސަލް ފިއެސްޓަރ މިމަހު 22 ގައި

ރ. މީދޫ ކައުންސިލުން އެރަށު ޒުވާނުންނަށް ހާއްސަ ކޮށްގެން ކުރިޔަށް ގެންދާ ފުޓްސަލް ފިއެސްޓަރ މިމަހު 22 ގައި ފަށާ ގޮތަށް ހަމަޖެހިއްޖެއެވެ.

މީދޫ ކައުންސިލުން ބުނެފައިވަނީ، މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ޓީމްތަކުން ޓީމް ރަޖިސްޓްރީ ކުރުމުގެ ސުންގަޑިއަކީ މިމަހުގެ 10 ކަމަށެވެ. 

މީދޫ ކައުންސިލުން މައުލޫމާތު ދިންގޮތުގައި މި މުބާރާތްތަކުގެ މަގުސަދަކީ، ޒުވާނުންގެ މެދުގައި އެކުވެރިކަމުގެ ރޫހް އާލާކޮށް، އެއްބައިވަންތަ މުޖްތަމައެއް ޤާއިމްކުރުމާއި، ކުޅިވަރާއި ކަސްރަތަށް ޒުވާނުން އަހުލުވެރި ކުރުވުމާއި، ފުޓްސަލް އަށް ޝައުޤުވެރިވާ ޒުވާނުންނަށް އެފަދަ ފުރުސަތުތައް ހޯދައިދީ މި ރޮނގުން ޒުވާނުން ކުރިޔަށް ދިއުމަށް މަގު ފަހިކުރުން ކަމަށެވެ. 

އަދި ޒުވާނުންނަކީ ނަފްސާނީ ގޮތުންނާއި، ޖިސްމާނީ ގޮތުން އަދި ސިއްހީ ގޮތުން ދުޅަހެޔޮ ބަޔަކަށް ހެދުމުގެ އިތުރުން މުޖުތަމައަށް ބޭނުންތެރި، ޒިއްމާދާރު ބަޔަކަށް ހެދުމަކީ ވެސް މި މުބާރާތްތަކުގެ މަގުސަދެއް ކަމަށް ކައުންސިލުން ބުނެއެވެ.
 

އެހެން އަހަރުތަކާ ހިލާފަށް މިފަހަރުގެ ފުޓްސަލް ފިއެސްޓަރގައި އަންހެނުންނަށް ހާއްސަ ކޮަށްގެންވެސް ފުޓްސަލް މުބާރާތެއް ކުރިޔަށްދާނެ. ދެ މުބާރާތް ވެސް ކުރިޔަށް ދާނީ އެކުއެކީ

މީދޫ ކައުންސިލްގެ ރައީސް ޙަސަން ޝަރީފް ވިދާޅުވިއެވެ. 

މުބާރާތުގެ ގަވާއިދު ބުނާގޮތުން މި މުބާރާތުގައި ބައިވެރިވާ ކުޅުންތެރިންނާއި އޮފިޝަލުންނަކީ ރ. މީދޫ ރައްވެއްސެއްކަމުގައި ނުވަތަ މީދޫ މީހަކާއި ކައިވެނިކޮށްގެން އުޅޭ މީހެއްކަމުގައި ނުވަތަ ކުޅުންތެރިޔާ / އޮފިޝަލުގެ މަންމަ ނުވަތަ ބައްޕަ އަކީ ރ. މީދޫގެ ރައްވެއްސެއް ކަމުގައި ވާންވާނެއެވެ. 

މި މުބާރާތްތަކުގެ ޗެމްޕިއަން ޓީމަށް 5000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ. 

ކައުންސިލްގެ ފުޓްސަލް މުބާރާތް އެންމެފަހުން ބާއްވާފައިވަނީ 2019 ވަނަ އަހަރުއެވެ. އެ އަހަރު މުބާރާތުގެ ޗެމްޕިއަންކަން ހޯދީ އެފްސީ ޒިލިއަންސްއެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ