މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ރަސްމިއްޔާތުގައި މިނިސްޓަރ ވާހަކަ ދައްކަވަނީ - ފޮޓޯ: މަޑުއްވަރީ ކައުންސިލް

ރ. މަޑުއްވަރީގައި ގާއިމުކުރި އައިސްޕްލާންޓް ހުޅުވައިފި

ރ. މަޑުއްވަރީގައި ގާއިމުކުރި އައިސްޕްލާންޓްގެ މަސައްކަތް ނިންމާ މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ.

މަޑުއްވަރީގައި މިއަދު ކުރިޔަށް ދިޔަ ރަސްމިއްޔާތެއްގައި އައިސްޕްލާންޓް ހުޅުވައިދެއްވީ މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އައިމިނަތު ޝައުނާއެވެ. 

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ޝައުނާ ވިދާޅުވީ، މިއަދަކީ ރައީސުލްޖުމްހޫރިއްޔާ މިރަށަށް ވެވަޑައިގެން ރިޔާސީ ވައުދުތަކުގެ ތެރެއިން 3 ވަނަ ވައުދު ފުއްދިގެން ދިޔަ ދުވަސް ކަމަަށެވެ. 
އައިސްޕްލާންޓް ހުޅުވުމުގެ ތެރެއިން - ފޮޓޯ: މަޑުއްވަރީ ކައުންސިލް
އަދި މިކަން ހާސިލް ކުރެވިފައިވަނީ އެ ރަށު ކައުންސިލާއި ރައްޔިތުންގެ ބުރަ މަސައްކަތުން ކަމަށް ވެސް ވިދާޅުވިއެވެ. 

މިނިސްޓަރ ވިދާޅުވީ، މި އައިސްޕްލާންޓަކީ ސަރުކާރުގެ ލާމަރުކަޒީ ސިޔާސަތުގެ ދަށުން ރަށު ކައުންސިލުން އެ ޕްލާންޓް ހިންގުމަށް ކައުންސިލާ ހަވާލު ކުރެވޭ އެސެޓެއް ކަމަަށެވެ. 

މި ޖަލްސާގައި މިނިސްޓަރުގެ އިތުރުން އާރްޑީސީގެ މެނޭޖިން ޑިރެކްޓަރ މޫސާ ޢަލީމަނިކު (މޫކޭ) ވެސް ބައިވެލައްވާފައިވެއެވެ. 

މަޑުއްވަރީގެ އިތުރުން އިތުރު 3 ރަށެއްގައި މިފްކޯއިން ދަނީ އައިސްޕްލާންޓް އެޅުމުގެ މަސައްކަތް ކުރަމުންނެވެ. މަޑުއްވަރީގައި ސަރުކާރުން ޤާއިމްކުރި އައިސްޕްލާންޓަކީ 25 ޓަނުގެ އައިސް އުފައްދާ 50 ޓަނުގެ އައިސް ރައްކާކުރެވޭ އައިސްޕްލާންޓެކެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

1 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

އުމަރު 2 years ago

މިއީ މަޑުއްވަރީ އަދި ރ އަތޮޅު މަސްވެރިންނަށް ލިބުނު ވަރަށް މުހިއްމު ހަދިޔާޔެއް. ޝުކުރިއްޔާ އަދުގެ ސަރުކާރު

ރައްދު

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ