މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފައިނު އޮންލައިން ފޮޓޯ: މުޙައްމަދު ޒިޔާދު

ޑރ. އަފްރާޝީމްގެ ހަނދާނުގައި އިމާރާތްކުރި އުނގޫފާރު އިސްލާމީ މަރުކަޒު ހުޅުވައިފި

އަނިޔާވެރި ގޮތުގައި 2012 ވަނަ އަހަރު ޝަހީދުކޮށްލާފައިވާ ދީނީ ޢިލްމުވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ.އަފްރާޝީމް ޢަލީގެ ހަނދާނުގައި އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ އުނގޫފާރުގައި އިމާރާތް ކުރި އިސްލާމީ މަރުކަޒު މިއަދު ހުޅުވައިފިއެވެ.

އިސްލާމީ މަރުކަޒު ހުޅުވާފައިވަނީ މިއަދު އުނގޫފާރުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި އިސްލާމީ މަރުކަޒު ހުޅުއްވާ ދެއްވީ އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރެވެ. 

އިސްލާމީ މަރުކަޒު ހުޅުވުމަށްފަހު އެ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ޒާހިރު ވިދާޅުވީ، މި މަރުކަޒުން ލިބޭ ހިދުމަތްތަކުގެ ބޭނުން އާންމު ރައްޔިތުން އެންމެ ފުރިހަމައަށް ހިފުމަކީ ވަރަށް ބޭނުންތެރި ކަމެއް ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ، އެ މަރުކަޒުގައި ކީރިތި ޤުރްއާނާ ބެހޭ މަރުކަޒުގެ ކުލާސްތައް ފެށުމަށް ތައްޔާރުވަމުން އަންނަކަމަށާ މި ފެށޭ އަހަރުގެ ޖަނަވަރީގައި ކުލާސްތައް ފެށިގެން ދާނެކަމަށެވެ. 

މިރަސްމިއްޔާތުގައި މިނިސްޓަރ ވަނީ ޑރ. އަފްރާޝީމް ޢަލީ ގެ މިޒާޖާއި އާންމު ދިރިއުޅުއްވުމާއި ގުޅޭގޮތުން ވެސް ވާހަކަ ދައްކަވާފައެވެ. 


އަޅުގަނޑަށް ފާހަގަ ކުރެވުނު ކަމަކީ އަޅުގަނޑުމެން ޑރ. އަފްރާޝީމް ޢަލީ އާއި ވާހަކަ ދައްކަމުން ދާއިރު، ހިޔާލު ތަފާތުވީ ކަމުގައި ވީނަމަވެސް، ދެވަނަ ދުވަހު އެނބުރި ވަޑައިގަންނަވާނީ ހަމަ ހިނިތުންވުމާއެކީ. ޑރ. އަފްރާޝީމް ޢަލީ އަކީ ހިތް ސާފު ރަނގަޅު ބޭފުޅެއް

މިނިސްޓަރ ޑރ. އަޙްމަދު ޒާޙިރު ވިދާޅުވިއެވެ. 

މި ރަސްމިއްޔާތުގައި ޑރ. އަފްރާޝީމް ޢަލީގެ ބޭބެ ޢަބްދުއް ނާސިރުވެސް ވަނީ ވާހަކަ ދައްކަވާފައެވެ. ނާސިރު ވިދާޅުވީ، ޑރ. އަފްރާޝީމްގެ ހަނދާނުގައި މިފަދަ ބިނާއެއް ހުޅުވިގެން ދިޔުމަކީ އެމަނިކުފާނުގެ އާއިލާއަށް ލިބުނު ވޭނަށް ތަސައްލީއެއް ލިބުނު ކަމެއް ކަމަށެވެ. 

ސަރުކާރުން މިހާރުވަނީ އިސްލާމިކް މިނިސްޓްރީގެ އެގްޒެކްޓިވް ޑިރެކްޓަރުގެ މަގާމަށް ނާސިރު ހަމަޖައްސަވާ، އުނގޫފާރު އިސްލާމީ މަރުކަޒުގެ އެންމެހާ ކަންކަން ބެލެހެއްޓެވުން އޭނާއާއި ހަވާލު ކުރައްވާފައެވެ. 

އުނގޫފާރު އިސްލާމީ މަރުކަޒު ހުޅުވާފައި މިވަނީ އެ އިމާރާތުގެ އަމަލީ މަސައްކަތް ނިމުނުތާ 2 އަހަރަށް ވުރެ ވެސް ގިނަ ދުވަސްވީ ފަހުންނެވެ. އެ މިސްކިތަކީ ޑރ. އަފްރާޝީމް ޢަލީގެ ހަނދާނުގައި ރައީސް ޔާމީންގެ ނިންމެވުމަށް އޭރުގެ ސަރުކާރުން އިމާރާތް ކުރި މިސްކިތެކެވެ. 

މިލިޔުން ކިޔާލުމުން

100%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ