މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: މާކުރަތު ކޯޕަރޭޓިވް ސޮސައިޓީ

މާކުރަތު ކޯޕަރޭޓިވް ސޮސައިޓީގެ ފުޓްސަލް މުބާރާތް ފެށިގެން ކުރިޔަށް

ރ. މާކުރަތު އަމިއްލަ ޖަމްއިއްޔާއެއް ކަމަށްވާ މާކުރަތު ކޯޕަރޭޓިވް ސޮސައިޓީގެ ފުޓްސަލް ޗެލެންޖް ފަށައިގެން ކުރިޔަށް އެބަދެއެވެ.

ޖުމުލަ 5 ޓީމެއް ބައިވެރިވާ މި މުބާރާތް ފަށާފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. މި މުބާރާތުގެ ފުރަތަމަ ދެ ދުވަހުގެ މެޗްތައް ކުޅެފައިވަނީ ހަވީރުވަގުތުއެވެ. 

އަދި ދެން މުބާރާތުގައި ކުޅޭ ހުރިހާ މެޗެއް ވެސް ކުޅެން ހަމަޖެހިފައިވަނީ ރޭގަނޑެވެ. 

މި މުބާރާތް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދީފައިވަނީ ރ. އަތޮޅު ކައުންސިލްގެ ރައީސް ޙުސައިން ނާސިފެވެ. 

މިމުބާރާތަކީ، 2017 ވަނަ އަހަރު އުފެދުނު މާކުރަތު ކޯޕަރޭޓިވް ސޮސައިޓީ އިން މާކުރަތުގެ ޒުވާނުންގެ މެދުގައި ކުޅިވަރުގެ ރޫހު އާލާކޮށް ދިރުވާ، ހުނަރުވެރި ޒުވާނުން ބިނާކުރުމުގެ މަގުސަދުގައި 2019 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މުބާރާތެކެވެ. 

މި މުބާރާތުގެ މެޗްތައް އެ ޖަމްއިއްޔާގެ ފޭސްބޫކް ޕޭޖުން އަންނަނީ ލައިވް ކުރަމުންނެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
33%
ދެރަވި
33%
ހިނިއައި
33%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ