މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: އިންނަމާދޫ ކައުންސިލް

ކައުންސިލުން މާލެއަށް ކުރި ދަތުރަކީ ކާމިޔާބު ދަތުރެއް: އަޒްމީން

އިންނަމާދޫ ކައުންސިލުން މި މަހު މާލެއަށް ކުރި ދަތުރަކީ ކާމިޔާބު ދަތުރެއް ކަމަށް އެރަށު ކައުންސިލްގެ ރައީސް އަޙްމަދު އަޒްމީން ވިދާޅުވެއްޖެއެވެ.

އިންނަމާދޫ ކައުންސިލުން މާލެއަށް ކުރި ދަތުރުގައި އެންމެ ފުރަތަމަ ބައްދަލު ކޮށްފައިވަނީ ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އާއެވެ. އެލްޖީއޭގެ އިތުރުން، ފެނަކަ ކޯޕަރޭޝަނާއި، ފިނޭންސް މިނިސްޓްރީ، ޕްލޭނިންގ މިނިސްޓްރީ، އެޑިޔުކޭޝަން މިނިސްޓްރީ، އިސްލާމިކް މިނިސްޓްރީ ޔޫތު މިނިސްޓްރީ އަދި އެވާރަމަންޓް މިނިސްޓްރީގެ އިސް ފަރާތްތަކާ ވަނީ ބައްދަލު ކޮށްފައެވެ. 

މި ދަތުރާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން، އިންނަމާދޫ ކައުންސިލްގެ ރައީސް އަޒްމީން ވިދާޅުވީ، މި ދަތުރުގެ މައިގަނޑު ބޭނުމަކީ، ރަށުގެ ތަރައްގީއަށް ކުރަންޖެހިފައިވާ ކަންކަން ލަސްނުވެ ކުރިޔަށް ގެންދިޔުމާއި ގުޅޭގޮތުން ކަމާއިގުޅޭ ސަރުކާރުގެ އިދާރާތަކާއެކު މަޝްވަރާ ކުރުން ކަމަށެވެ. 

މީގެ އިތުރުން، ލާމަރުކަޒީ ގާނޫނާއި އެހެން ގާނޫނުތަކުގައި ހުރި ފުށުއެރުންތަކުގެ ސަބަބުން ކައުންސިލްތައް ހިންގުމުގައި ދިމާވަމުން އަންނަ ގޮންޖެހުންތަކާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. 


ވަރަށް ގިނަ މިނިސްޓްރީ ތަކާއި ބައްދަލު ކުރެވުނު. އަދި އުންމީދީ ޖަވާބުތަކެއް ލިބުނު. އުންމީދު ކުރަނީ ކައުންސިލުން އެދުނު ކަންކަން ކުރިޔަށް އޮތް ދުވަސްތަކުގައި ހަމަޖެހިގެން ދިޔުން

ކައުންސިލްގެ ރައީސް އަޒްމީން ވިދާޅުވިއެވެ. 

އިންނަމާދޫ ކައުންސިލްގެ މި ދަތުރުގައި ކައުންސިލް މެންބަރުން ހިމެނޭހެން ޓީމެއް ބައިވެރިވެފައިވާއިރު މި ޓީމާއެކު އިނގުރައިދޫ ދާއިރާގެ މަޖިލިސް މެންބަރު ޙަސަން އަޙްމަދުވަނީ ބައިވެރިވެވަޑައިގެންނަވާފައެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ