މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: ފުލުހުން

215 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައެއްގައި މަޑުއްވަރީ 2 މީހަކަށް ދައުވާކޮށްފި

ރާއްޖެއަށް 215 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި ރ. މަޑުއްވަރީ 2 މީހެއްގެ މައްޗަށް ދައުވާކޮށްފިއެވެ.

ޕްރޮސެކިއުޓާ ޖެނެރަލް ގެ އޮފީސް (ޕީޖީ) އޮފީހުން ބުނީ، އޮކްޓޯބަރު 14، 2021 ގައި ރ. ޅާނބުގަލި ކިޔާ ފަޅުރަށެއްގައި މަސްތުވާތަކެތި ފޮރުވާފައި ބެހެއްޓި މައްސަލައެއްގައި ދެ މީހެއްގެ މައްޗަށް ދެ ދައުވާއެއް ކޮށްފައިވާ ކަމަށެވެ.

ޕީޖީން ބުނީ، އެ މައްސަލަ މިދިޔަ އާދިއްތަ ދުވަހު ވަނީ ރ. މަޑުއްވަރީ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅައިފައެވެ.

ރާއްޖެއިން މިހާތަނަށް އެއްފަހަރާ އަތުލައިގަތް އެންމެ ގިނަ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރީ ރ. މަޑުއްވަރީ، ފިނިފަރު އަލީ ޝާކިރާއި އެ ރަށު ފެހިއަލި، ނިމާލް އަބްދުލްހާރިސް އެވެ. 
ދައުވާ ކޮށްފައިވަނީ ވެސް އެ ދެ މީހުންގެ މައްޗަށެވެ. އެ މީހުން މި ވަގުތު ތިބީ ޝަރީއަތް ނިމެންދެން ބަންދުގައެވެ.

އެ ދެމީހުންނަށް އުފުލާފައިވަނީ ޑައިމޯފިން ޓްރެފިކްކުރުމުގެ 
 ކުށުގެ ދައުވާއެވެ. މީގެ އިތުރުން، ކުޑަކަމުދާ އެއްޗެހި ދިނުމަށް އިންކާރުކުރުމުގެ ކުށުގެ ދައުވާ އޭގެ ތެރެއިން ރ. މަޑުއްވަރި، ފިނިފަރު، އަލީ ޝާކިރުގެ މައްޗަށް ވަނީ އުފުލާފައެވެ. 

އެ މައްސަލައިގައި ދައުވާ ލިބޭ ދެ މީހުން މިދިޔަ އޮކްޓޯބަރު މަހު ހައްޔަރުކުރީ ކަނޑުމަތިން ފާރަލަމުން ގޮސް މަޑުއްވަރީ ފަޅުތެރެއިންނެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ