މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: މީސްމީޑިޔާ

ކޮރޯނާ ވައިރަސްއާއިމެދު ދިވެހިން ދެކޭގޮތް ބަދަލުކުރަން އަދި މާއަވަސް!

ދުނިޔޭގެ ގިނަ ޤައުމުތަކުގައި ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު އަދިވެސް އަންނަނީ ހުއްޓުމެއްނެތި އިތުރުވަމުންނެވެ. މިބަލި ރާއްޖެ އަޔަނުދިނުމަށް ކުރެވެން ހުރި ކަންކަން އަދުގެ ސަރުކާރުން ގެންދަވަނީ ކުރައްވަމުންނެވެ. ނަމަވެސް ފާހަގަ ކުރެވޭ އެއްކަމެއް އެބައޮތެވެ. ގިނަ ކަންކަމާއި ވާހަކަތައްވެސް ވައިގައި ހިފަނީ ދުވަސްކޮޅަކުއެވެ. އޭގެފަހުން މިފަދަ ބޮޑެތި ކަންކަންވެސް އެއީ އާދައިގެ ކަންކަމަށް ބަދަލުވެގެންދެއެވެ. 

ރާއްޖެއިންވެސް މިބައްޔަށް ޝައްކު ކުރެވޭ މީހަކު ފެނިގެން އެމީހާގެ ޓެސްޓްތައް ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވި ސާމްޕަލްތަކުގެ ނަތީޖާ ނެގަޓިވްކަމަށް ދެއްކިކަން ސަރުކާރުން އިޢުލާން ކުރުމާއިއެކު ރައްޔިތުންގެ ހިތްތަކަށް ކޮންމެވެސްވަރެއްގެ ތަސައްލީއެއް ލިބުނެވެ. އަދި އޭގެ ދުވަސްކޮޅެއްފަހުން މިހާރު މިވަނީ މިބަލީގެ ނުރައްކާ ރާއްޖެއަށް ނެތްފަދަ ގޮތަކަށް ދެކެވެން ފަށާފައެވެ. އަތޮޅުތަކުގައިވެސް މިބައްޔާއިމެދު ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތައް ހެލްތު މިނިސްޓްރީގެ ފަރާތުން ކުރިޔަށް ގެންދަވަމުން ދާއިރު، މިކަމުގައި އަޅުގަނޑުމެން އާންމު ރައްޔިތުންގެ ސީރިއަސްކަން ދޫކޮށްލަން އަދި މާ އަވަހެވެ.
މިބަލި ރާއްޖެ އަތުވެދާނެކަމުގެ ބިރަށްޓަކައި ޗައިނާއަށް ކުރާ ވައިގެ ދަތުރުތައް ސަރުކާރުން ހުއްޓާލާފައިވީނަމަވެސް، ރާއްޖެއާއި އެންމެ ކައިރީ އޮތް އިންޑިއާއިންވެސް މިބަލި ފެނިފައިވާކަން ހަނދާންކޮށްލަންޖެހެއެވެ. އާންމުކޮށް އިންޑިއާގައި ފެތުރޭ ބަލިތައް ރާއްޖެއަށް އައުމަކީ ވަރަށް ގާތްކަމެކެވެ. އެހެންކަމުން މިބައްޔާމެދު ދިވެހިން ދެކެމުންއައި ސީރިއަސް މިންވަރު ދޫކޮށްލަން އަދި ގާތްވެސް ނުވެއެވެ. ޞިއްޙީ ވަޞީލަތްތައް މަދު މިފަދަ ޤައުމެއްގައި މިފަދަ ބައްޔަކަށް ފަރުވާކުރުން ވެގެންދާނީ ވަރަށްވެސް ދަތިކަމަކަށެވެ. އެހެންކަމުން ރާއްޖެއާއި މިހާ ކައިރީ މިބަލި އޮތް އިރު، މިބައްޔާއިމެދު ދިވެހިން ދެކޭގޮތް ބަދަލުކޮށް އާންމު އުޅުމުގައި ހިފަހައްޓަންޖެހޭ ސާފުތާޙިރު ކަމުގެ މިންގަނޑުތައް ދޫކޮށްލައިފިނަމަ އެފަދަ ބައްޔެއް ކޮންޓްރޯލް ކުރުން ވެގެންދާނީ ދަތިކަމަކަށެވެ. ބޭނުން ކުރުމަށްފަހު މާސްކު މަގުމައްޗަށް އެއްލާލާފައި އޮންނަ މަންޒަރަކީ މިފަހަކަށް އައިސް ފެންނަމުންދާ މަންޒަރުތަކެވެ. އަދި ރޯގާ ޖެހިފައިހުރެ މަގުމައްޗަށް ކުޅުޖެހުމާއި އާންމުން އެއްވެ އުޅޭތަންތާ ކެއްސާ ކިނބިހި އަޅާއިރު ރައްކާތެރިކަމުގެ އެއްވެސް ވަޞީލަތެއް ބޭނުން ނުކުރާކަމުގެ ޝަކުވާ އެކި ފަރާތްތަކުން މީސްމީޑިޔާގައި އަންނަނީ އުފުލަމުންނެވެ. 

މިވާހަކަ ތަކަކީ، ދިވެހިންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުމުގެ މަޤްޞަދުގައި ޙިއްސާކޮށްލި ވާހަކަތަކެއް ނޫނެވެ. މިއީ، އާންމު ދިރިއުޅުމުގައި ހިފަހައްޓަންޖެހޭ ސާފުތާޙިރުކަމުގެ މިންގަނޑުތަކާއިމެދު ސަމާލުވުމަށް ހަނދާންކޮށްދިނުމެކެވެ.

އެންމެފަހުގެ ރެކޯޑްތަކުން ދައްކާގޮތުގައި ދުނިޔޭގެ އެކި ޤައުމުތަކުން 34954 މީހުންނަށް ވަނީ މިބަލި ޖެހިފައެވެ. އަދި މިބަލީގައި 725 މީހުންވަނީ މިދުނިޔެއާއި ވަކިވެފައެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
100%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ