މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: އަލިފުށި ލައިވް

ޗެމްޕިއަން ޓީމަށް 50،000 ރުފިޔާ ލިބޭ އަލިފުށީ ފުޓްބޯޅަ މުބާރާތުގެ ފައިނަލް މާދަމާ

ރ. އަތޮޅުގައި މިހާތަނަށް ބާއްވާ އެންމެ އަގުބޮޑު ފުޓްބޯޅަ މުބާރާތް އެލްދީ އާމިއާ ފުޓުބޯޅަ ޗެމްޕިއަންޝިޕްގެ ފައިނަލް މެޗް މާދަމާ އޮންނާނެއެވެ.

މި މުބާރާތުގެ ފައިނަލްގައި ބައްދަލު ކުރާނީ، ފެޑެރޭ އަދި އެލް ބްރަދަރސްއެވެ. މި މެޗް ފެށުމަށް ހަމަޖެހިފައިވަނީ މާދަމާރޭ 20:30 ގައެވެ. 

މި މުބާރާތުގައި ވާދަކުރާ 8 ޓީމުގެ ތެރެއިން ޗެމްޕިއަން ޓީމަށް ދިނުމަށް ކުރިން ހަމަޖެހިފައި ވަނީ 30 ހާސް ރުފިޔާއެވެ. 

ނަމަވެސް، އެލްދީ އިންވެސްޓުމެންޓުގެ ފަރާތުން ޗެމްޕިއަން ޓީމަށް އިތުރު 20 ހާސް ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ ކަން މުބާރާތް ފެށުމުގެ ތަސްމިއްޔާތުގައި ވަނީ އިއުލާން ކޮށްފައެވެ. 

އަލިފުށީ ފުޓްބޯޅަ ދަނޑުގައި އެންމެ ފަހުން ފުޓުބޯޅަ މުބާރާތެއް ކުޅެފައި ވަނީ 2009 ވަނަ އަހަރުއެވެ. އެއީ އެ އަހަރު ބޭއްވި އަތޮޅު މުބާރާތާއި ޒޯންޗެމްޕިއަންޝިޕްގެ މެޗުތަކެވެ. 

އޭގެ ފަހުން 12 އަހަރަށްފަހު އަލިފުށި ފުޓުބޯޅަ ދަނޑުގައި މުބާރާތެއް ބާއްވާއިރު ރަށުގެ ފުޓުބޯޅަ ދަނޑު ވަނީ ޒަމާނީ ފެންވަރަކަށް ހަދާފައެވެ.

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ