މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: ހެލްތް މިނިސްޓްރީ

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ އިތުރު 3 ހިދުމަތެއް އިފްތިތާހުކޮށްފި

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ އިތުރު 3 ހިދުމަތެއް އިފްތިތާހު ކޮށްފިއެވެ.

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްގީ ކުރުމަށް ފަށާފައިވާ މަޝްރޫއުގެ ދަށުން މިއަދު ރަސްމީކޮށް އިފްތިތާހު ކޮށްފައިވަނީ، ސީޓީ ސްކޭނާއި މެމޮގްރަފީ އަދި އޯޕީޖީގެ ހިދުމަތެވެ. 

އުނގޫފާރުގައި މިއަދު އޮތް ރަސްމިއްޔާތެއްގައި މި ހިދުމަތްތައް އިފްތިތާހު ކޮށްދެއްވީ ނާއިބު ރައީސް ފައިޞަލް ނަސީމެވެ. 

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނާއިބު ރައީސް ފައިޞަލް ވިދާޅުވީ، އެންމެ މުހިންމު ކަމަކީ ސިއްހީ ދާއިރާ ފަދަ ހިދުމަތްތައް އެ ރަށަކުން ލިބޭނެ ގޮތް ހަމަޖައްސައިދިނުން ކަމަށެވެ. 

އަދި ރައްޔިތުންނަށް ތަނަވަސްކަން ލިބެން އޮތް ގޮތަކީ އެއީ ކަމަށް ވެސް ނާއިބު ރައީސް ވިދާޅުވިއެވެ. 
އުނގޫފާރުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ނާއިބު ރައީސް ފައިޞަލް ނަސީމް ވާހަކަ ދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް
އެ ސިޔާސަތުގެ ދަށުން ރާއްޖޭގެ ބައެއް ސަރަހައްދުތަކުގެ ހޮސްޕިޓަލްތައް ޓާޝަރީ ހޮސްޕިޓަލްތަކަކަށް ބަދަލުކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް ދާ ކަމަށް ފައިސަލް ވިދާޅުވި އެވެ.

ނާއިބު ރައީސް ވިދާޅުވީ، ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް މިދިޔަ ފަސް އަހަރުގެ ތެރޭގައި ގިނަ ކަންކަން ކޮށްފައިވާ ކަމަށާއި މާލެ ފިޔަވައި އެހެން ރަށްރަށުން މިހާތަނަށް 3،000 މީހުން ސީޓީ ސްކޭންގެ ހިދުމަތް ހޯދާފައިވާ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ގެނައުމަށް ގިނަ ހިދުމަތްތަކެއް އަލަށް ފަށާފައިވާއިރު، ހޮސްޕިޓަލްގެ ޖާގައިގެ ދަތިކަން ހައްލު ކުރުމަށް އެކްސްޓެންޝަން އިމާރާތެއް އެޅުމުގެ މަސައްކަތް ވެސް މިހާރު ދަނީ ކުރިޔަަށެވެ. 

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ސީޓީ ސްކޭން ހިދުމަތް ފަށައި ބޭނުންކުރަން ފަށާފައި ވަނީ 02 އޮކްޓޫބަރު 2021 ގައެވެ. 

އޭގެ ފަހުން 2021 ވަނަ އަހަރުގެ ނިޔަލަށް އެ ހޮސްޕިޓަލުން 45 ސީޓީ ސްކޭން ހަދާފައިވެއެވެ. މީގެ އިތުރުން މިހާތަނަށް އެ ހޮސްޕިޓަލުން 03 މެމޮގްރަފީ އަދި 95 އޯޕީޖީގެ ހިދުމަތް ދީފައިވެއެވެ.

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ