މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: އަލިފުށި ކައުންސިލް

ޕްރެޒިޑެންޓްސް ކަޕް ފައިނަލަށް އަލިފުށި އޮތީ ތައްޔާރަށް

އަންނަ އާދީއްތަ ދުވަހު ރ. އަލިފުށީގައި ކުޅޭ ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލަށް އެ ރަށް ތައްޔާރު ވެއްޖެއެވެ.

ގިނަ ދުވަސްތަކަކަަށްފަހު މާލޭން ބޭރުގައި ރައީސުލްޖުމްހޫރިއްޔާގެ ވާދައިގެ ތައްޓަށް ކުޅޭ މުބާރާތުގެ ފައިނަލް މެޗް ބާއްވަން ނިންމިކަން ހާމަ ކޮށްފައިވަނީ މިދިޔަ އަހަރުގެ ފަހުކޮޅެވެ. 

އަލިފުށީ ކައުންސިލްގެ ރައީސް އާދަމް އިމްރާން ބައެއް މީޑިއާތަކަށް ވިދާޅުވީ ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލަށް މުޅި އަލިފުށި މިހާރު އޮތީ ތައްޔާރުވެފައިވާ ކަމަށެވެ. އަދި މިހާރު ވަމުން އަންނަނީ އެންމެ ފަހުގެ ތައްޔާރީތައް ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

އޭނާ ވިދާޅުވީ އެ ރަށުގައި ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލް ބޭއްވުމަކީ އަލިފުއްޓަށް ލިބޭ ފަހުރެއް ކަމަށެވެ.

ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލަށް ދަތުރު ކޮށްފައިވަނީ ކްލަބް ވެލެންސިއާ އާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބެވެ.

ވެލެންސިއާ ޓީމް މިއަދުވަނީ އެ ރަށަށް ގޮސްފައެވެ. ވެލެންސިއާ ޓީމަށް އެރަށުން ވަނީ ސަގާފީ ހަރަކާތްތަކަކާއެކު ހޫނު މަރުހަބާއެއް ކިޔާފައެވެ. އެ ރަށުގެ ބަނދަރުގައި އަލިފުށީގެ ނަން ލިޔެފައިވާ ބޯޑު ކައިރީގައި ޕްރެޒިޑެންޓްސް ކަޕް ތަށީގެ ރެފްލިކާއެއް ވަނީ ބަހައްޓާފައެވެ.

ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޒަމާނުއްސުރެ ކުޅިވަރުގެ ހުރިހާ ކަމެއްް ވެސް ހިންގާނީ ހަމައެކަނި މާލޭގައި އޮތްއޮތުން ބަދަލުކޮށް މުޅި ރާއްޖެއަށް ފަތުރަމުން އަންނަ ކަމަށެވެ.

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ