މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: އަލިފުށި ކައުންސިލް

ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލްގެ ޝަރަފްވެރި މެހުމާނަކަށް ނާއިބު ރައީސް

ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލް މެޗުގެ ޝަރަފުވެރި މެހެމާނަކަށް ނާއިބު ރައީސް ފައިސަލް ނަސީމް އަލިފުށްޓަށް ވަޑައިގަންނަވައިފިއެވެ.

ފައިނަލް މެޗުގެ ޝަރަފުވެރި މެހެމާނަކަށް ނާއިބް ރައީސް ފައިސަލް ނަސީމް ވަޑައިގަންނަވާ ގޮތަށް ހަމަ ޖެހުނީ، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ކޮވިޑަށް ޕޮޒިޓިވްވެ މާލޭން ފުރާވަޑައިގެންނެވޭ ގޮތް ނުވުމުންނެވެ. 

ނާއިބު ރައީސް މިއަދު އެ ރަަށަށް ވަޑައިގެންނެވުމުން އެ ރަށުން ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ. 

ހަތަރު އަހަރުގެ މެދު ކެނޑުމަކަށް ފަހު، މި އަހަރު އަލުން ޕްރެޒިޑެންޓްސް ކަޕް ފަށާފައިވާއިރު، މިއަދު ހަވީރު ކުޅޭ ފައިނަލް މެޗުގައި ވާދަކުރާނީ ކްލަބު ވެލެންސިޔާއާ މާޒިޔާއެވެ. 

މި މެޗު ކުޅުމަށް މި ދެ ޓީމް މީގެ ދެތިން ދުވަސް ކުރަން އަލިފުށްޓަށް ގޮސް އެރަށުގައިވަނީ ކޭމްޕް ކޮށްފައެވެ.  މިއަދު އޮންނަ މެޗަށް ފުޓްބޯޅަ އާއިލާގެ ގިނަބަޔަކު ވަނީ އަލިފުއްޓަށް ގޮސްފައެވެ. 

އަދި އެފްއޭއެމްގެ ރައީސް ބައްސާމް އާއި ޔޫތު މިނިސްޓަރ މަހުލޫފު ވެސް ވަނީ އެ ރަށަށް ވަޑައިގެންފައެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ