މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: ވިޒިޓްކިނޮޅަސް

ކިނޮޅަހު ފެނަކަ ބްރާންޗްގެ މުވައްޒަފުންތަކެއް ވަކިކުރި މައްސަލާގައި އިހުތިޖާޖުކޮށްފި

ކިނޮޅަހު ފެނަކަ ބްރާންޗްގެ މުވައްޒަފުންތަކެއް ކުއްލި ގޮތަކަށް ވަކިކުރި މައްސަލާގައި އެ ރަށު ރައްޔިތުންގެ ބަޔަކު ނުކުމެ އިހުތިޖާޖުކޮށްފިއެވެ.

އެ ރަށުން މައުލޫމާތު ދިން ގޮތުގައި، އެ ރަށު ފެނަކަ ބްރާންޗްގައި މަސައްކަތް ކުރާ 3 މުވައްޒަފަކު ވަނީ ކުރިން އިތުރު ފިޔަވަޅެއް ނާޅާ ކުއްލި ގޮތަކަށް ކަނޑާލާފައެވެ. އަދި އެ މައްސަލާގައި އެ ރަށުގެ ރައްޔިތުންގެ ބަޔަކު މިއަދުވަނީ ފެނަކަ ބްރާންޗް ކައިރިއަށް އެއްވެ އަޑުއުފުލާފައެވެ.
 
އިތުބާރުހުރި މަސްދަރަކުން "ފައިނު އޮންލައިން" އަށް މައުލޫމާތު ދިން ގޮތުގައި، ވަކި ކޮށްފައިވަނީ އިދާރީ 3 މަގާމެއްގައި ތިބި މުވައްޒަފުންނެވެ. އޭގެ ތެރޭގައި ވަރަށް ފަހުން އަލަށް އެ ބްރާންޗަށް ވަޒީފާއަށް ވަތް 2 މީހަކު ވެސް ހިމެނޭތީ އެ މުވައްޒަފުންގެ ބޮލުގައި އަޅުވާފައިވާ ތުހުމަތާއި ގުޅިގެން ރައްޔިތުންގެ ގިނަ ބައެއްގެ ކަންބޮޑުވުން ހުރިކަމަށް އެރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ. 

މިކަން ހިނގިގޮތް ސާފުކުރުމަށް ފެނަކަ ކޯޕަރޭޝަންގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް އަދި ވަނީ ކާމިޔާބުވާ ގޮތް ނުވެފައެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

2 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ބަފާ 2 years ago

މާ ބޮޑަށް ސިކުވީ ކަންނޭއްގެ

ރައްދު

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހަސަންތޭ 2 years ago

ވެރިކަމުގައި އަދިވެސް ހުރީ ޔާމީނުތަ؟

ރައްދު

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ