މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: މީސްމީޑިއާ

އަލިފުށި މޮނިޓަރިންއަށް ލައިފި

ކޮވިޑް19 އިތުރުވަމުންދާތީ ރ. އަލިފުށި މޮނިޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އެ ރަށް މޮނިޓަރިންއަށް ލާފައިވާއިރު މިވަގުތު އެ ރަށުން 47 ފަރާތެއްވަނީ މި ބައްޔަށް ޕޮޒިޓިވް ވެފައެވެ.

އަލިފުށި ސިއްހީ މަރުކަޒުން މިއަދު ބުނެފައިވަނީ އެ ރަށުގެ މުޖުތަމައު ތެރެއިން ކޮވިޑު ފެނުމާއި ގުޅިގެން ރަށުތެރެއިން ނަގާފައިވާ އިތުރު 9 ސާމްޕަލެއް މިއަދު ޕޮޒިޓިވް ވެފައިވާ ކަމަށެވެ. 

ފާހަގަ ކޮށްލެވޭ ގޮތުގައި، އަލިފުށިން މިފަހަރު ކޮވިޑު ފެނިފައިވަނީ އެރަށުގައި ކުރިޔަށް ގެންދިޔަ ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލް މެޗާއި ގުޅިގެނެވެ. އެ މެޗަށް ސަރުކާރުގެ އިސް ވަފުދުތަކުގެ އިތުރުން އެކި ރަށްރަށުން ވެސް ވަނީ ގިނަ ބަޔަކު އެރަށަށް ޒިޔާރަތް ކޮށްފައެވެ. 

އެޗްޕީއޭގެ އުސޫލުތައް ބުނާގޮތުން، މޮނިޓަރިންގައި އޮންނަ ރަށްރަށަށް ވެސް ޒަރޫރީ ބޭނުންތަކުގައި 24 ގަޑިއިރަށްވުރެ އިތުރު ނުވާގޮތަށް ދަތުރު ކުރެވޭގޮތަށް މިހާ އޮންނަނީ ލުއި ދީފައެވެ.

ނަމަވެސް، އެއަށްވުރެ ގިނައިރު ވާން ދަތުރު ކުރާނަމަ ދަތުރުކުރެވޭނީ ނެގެޓިވް ޕީސީއާރަކާއެކުއެވެ. 

މިވަގުތު ރ. އަތޮޅުގައި މޮނިޓަރިން ހާލަތުގައި އޮތީ އަލިފުށީގެ އިތުރުން, އިނގުރައިދޫ، ކިނޮޅަސް އަދި އުނގޫފާރެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
50%
ހިނިއައި
50%
ރުޅިއައި

1 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ކޮވިޑް 2 years ago

ޔޫ މީން ބިގޭ؟

ރައްދު

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ