މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: މީސްމީޑިއާ

ރ. މީދޫ ހޮސްޕިޓަލްގެ މަސައްކަތް މިއަހަރު ފަށަނީ

ރ. މީދޫގައި އެޅުމަށް ނިންމާފައިވާ ހޮސްޕިޓަލްގެ މަސައްކަތް މި އަހަރު ފެށުމަށް ތާވަލު ކުރެވިފައިވާ ކަމަށް ހެލްތް މިނިސްޓަރ އަޙްމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން މިނިސްޓަރ ނަސީމް ވަނީ މިނިސްޓްރީގެ ދަށުން މިއަހަރު ސިއްހީ ދާއިރާއިން ހާސިލުކޮށްފައިވާ އަދި ހާސިލްކުރުމަށް މަސައްކަތް ކުރަމުންދާ ގިނަ މަޝްރޫއުތަކެއްގެ މައުލޫމާތު ހިއްސާކޮށް ދެއްވާފައެވެ. 

މިނިސްޓަރ ވިދާޅުވީ އަތޮޅުތެރޭގެ ހޮސްޕިޓަލްތަކުގައި މިހާރު ބޮޑެތި އޮޕަރޭޝަންތައް ކުރަމުން އަންނަކަމަށެވެ. އަދި އަތޮޅުތެރޭގެ ސިއްހީ ފަރުވާދޭ މަރުކަޒުތަކާއި ހޮސްޕިޓަލްތަކަށް ބޭނުންވާ ކަންކަން ހަމަކުރުމަށް އަބަދުވެސް މަސައްކަތް ކުރެވެމުން ދާކަމަށާއި، އެކަމުގެ ނަތީޖާއެއްގެގޮތުން ސިއްހީ ހިދުމަތް ހޯދަން މާލެއަށް އައުން މަދުވެފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިއަހަރަށް ރޭވިފައިވާ މަޝްރޫޢުތަކާއި ގުޅޭގޮތުން ހެލްތު މިނިސްޓަރ ވިދާޅުވީ ދިވެހި ސަރުކާރުގެ ބަޖެޓުން ހަރަދުކޮށްގެން ރ.މީދޫއާއި ބ.ތުޅާދޫ އަދި ހއ.ހޯރަފުށީގައި ހޮސްޕިޓަލް އެޅުމުގެ މަސައްކަތް މިއަހަރު ކުރަން ރޭވިފައިވާ ކަމަށެވެ. 

މީދޫގައި އަޅަނީ 30 އެނދުގެ ހޮސްޕިޓަލެކެވެ. މި ހޮސްޕިޓަލް އެޅުމަށް މި ހިނގާ 2022 ވަނަ އަހަރަށް ފާސްކުރި ބަޖެޓުގައި މި އަހަރަށް ހިމަނާފައިވަނީ 6 މިލިއަން ރުފިޔާއެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ