މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: ފަހީމް

ރަމަޟާން މަހު ފައިނުގައި ހިފުޒުކޮށް ތަރާވީހް ނަމާދު ކުރާނެ ހާފިޒަކު ހޯދަނީ

ކުރިޔަށް އޮތް ރަމަޟާން މަހު ހިފުޒުކޮށް ތަރާވީހް ނަމާދު ކުރުމަށްޓަކައި ހާފިޒަކު ހޯދުމަށް ފައިނު ކައުންސިލުން އިއުލާން ކޮށްފިއެވެ.

ފައިނު ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، 1443 ވަނަ އަހަރުގެ ރަމަޟާން މަހު ފައިނު ހުކުރު މިސްކިތް މަސްޖިދުލް ފަލާޙްގައި ހިފުޒުކޮށް ތަރާވީހް ނަމާދު ކޮށްދޭނެ ފަރާތެއް ބޭނުންވާކަމަށެވެ.

އެހެންކަމުން މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން، ކައުންސިލްގެ ނަމްބަރ 6580072 ފޯނާއި ގުޅާ މަޢުލޫމާތު ސާފު ކުރުމަށްފަހު 17 ފެބުރުއަރީ 2022 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން އެކަން ކޮށްދެވޭނެ އަގުގެ އަންދާސީ ހިސާބު ހުށަހެޅުމަށް ކައުންސިލްގެ އިއުލާނުގައި ވަނީ އެދިފައެވެ. 

އިއުލާނުގައި ބުނެފައިވަނީ މަޢުލޫމާތު ސާފު ކުރުމުގެ ފުރުސަތު ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 ން މެންދުރު 1:30 އަށް ހުޅުވާލެވިފައިވާ ކަމަށާއި އީމެއިލް މެދުވެރިކޮށްވެސް މައުލޫމާތު ސާފު ކުރެވޭނެ ކަމަށެވެ. ކަމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަރާތެއް ހޮވުމަށް މާކްސް ދޭން ހަމަޖެހިފައިވަނީ، އަގަށް %90 އަދި ތަޖުރިބާއަށް %10 އެވެ.

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ