މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: ރައީސް އޮފީސް

މިފަހަރުވެސް ރ. އަތޮޅުގެ 1 ވަނަ ކިނޮޅަސް ކައުންސިލަށް

ކައުންސިލްތަކުގެ މަސައްކަތްތައް މޮނިޓަރކޮށް ރޭންކް ކުރުމުގެ ބޭނުމުގައި ލޯކަލް ގަވަރމަންޓް އޮތޯރިޓީއިން ކުރިޔަށް ގެންދަވާ ކައުންސިލްތަކުގެ ޕާފޯމަންސް އިންޑެކްސްއިން މިފަހަރުވެސް ރ. ކިނޮޅަހު ކައުންސިލުން 1 ވަނަ ހޯދައިފިއެވެ.

ވަނަވަނައަށް އައި ކައުންސިލްތަކަށް ފިލާ ހަވާލު ކުރުމަށް ރޭ ވަނީ ހާއްސަ ޖަލްސާއެއްވެސް ކުރިޔަށް ގެންގޮސްފައެވެ. އަދި މިއަދު އެލްޖީއޭއިން އާންމު ކޮށްފައިވާ ރިޕޯޓުގައި ބުނެފައިވާގޮތުން، ރ. އަތޮޅުގެ ކައުންސިލްތައް ރޭންކް ކުރެވިފައިވާ ގޮތް ތިރީގައި އެވަނީއެވެ. 

2019 ވަނަ އަހަރުގެ ރޭންކިން:

1 ވަނަ, ކިނޮޅަހު ކައުންސިލް
2 ވަނަ, ފައިނު ކައުންސިލް
3 ވަނަ, ވާދޫ ކައުންސިލް
4 ވަނަ, އަނގޮޅިތީމު ކައުންސިލް
5 ވަނަ, ހުޅުދުއްފާރު ކައުންސިލް
6 ވަނަ, ރަސްމާދޫ ކައުންސިލް
7 ވަނަ, މީދޫ ކައުންސިލް
8 ވަނަ, އަލިފުށީ ކައުންސިލް
9 ވަނަ, އިންނަމާދޫ ކައުންސިލް
10 ވަނަ, މާކުރަތު ކައުންސިލް
11 ވަނަ, މަޑުއްވަރީ ކައުންސިލް
12 ވަނަ, އުނގޫފާރު ކައުންސިލް 
13 ވަނަ, ދުވާފަރު ކައުންސިލް
14 ވަނަ, އިނގުރައިދޫ ކައުންސިލް
15 ވަނަ, ރަސްގެތީމު ކައުންސިލް

2020 ވަނަ އަހަރުގެ ރޭންކިން:

1 ވަނަ, ކިނޮޅަހު ކައުންސިލް
2 ވަނަ, ފައިނު ކައުންސިލް
3 ވަނަ, ހުޅުދުއްފާރު ކައުންސިލް
4 ވަނަ, މަޑުއްވަރީ ކައުންސިލް
5 ވަނަ, އަނގޮޅިތީމު ކައުންސިލް
6 ވަނަ, މާކުރަތު ކައުންސިލް
7 ވަނަ, މީދޫ ކައުންސިލް
8 ވަނަ, ވާދޫ ކައުންސިލް
9 ވަނަ, ރަސްގެތީމު ކައުންސިލް
10 ވަނަ, އަލިފުށީ ކައުންސިލް
11 ވަނަ, އިންނަމާދޫ ކައުންސިލް
12 ވަނަ, ރަސްމާދޫ ކައުންސިލް
13 ވަނަ, އިނގުރައިދޫ ކައުންސިލް
14 ވަނަ, ދުވާފަރު ކައުންސިލް
(އުނގޫފާރުން 2020 ވަނަ އަހަރު މިކަމަށް ބޭނުންވާ މައުލޫމާތު ފޮނުވާފައިނުވާތީ ރޭންކްގެ ތެރޭގައި އެ ކައުންސިލް ހިމެނިފައެއް ނުވެއެވެ)

މިކަމާއި ގުޅިގެން ކިނޮޅަސް ކައުންސިލްގެ ރައީސް އަޙްމަދު ޙުސައިން ވިދާޅުވީ، ޖެހިޖެހިގެން 3 އަހަރު ކައުންސިލްތަކުގެ ރޭންކިންގައި ރ. އަތޮޅުގެ 1 ވަނައިގެ އަދި ފެށުނީއްސުރެން ރާއްޖޭގެ އެންމެ ރަނގަޅު 20 ކައުންސިލްތެރޭ ހިމެނުމުގައި އެންމެ އިސްދައުރެއް އަދާކޮށްފައިވަނީ ކައުންސިލްގެ ޓީމް ކަމަށެވެ.  

އަޙްމަދު ވިދާޅުވީ، ހާއްސަކޮށް ކައުންސިލްގެ މަދު އެހެނަސް ހީވާގި ސިވިލް ސްޓާފުންގެ މަސައްކަތާއި ކިނޮޅަހުގެ މުއައްސަސާތަކާ، ޖަމިއްޔާތައް އަދި ރައްޔިތުންނަށް ފަށްފަށުން ޝުކުރު އަދާ ކުރައްވާކަމަށެވެ.

އަދި މިއީ މުޅި ރައްޔިތުން ހިމެނޭ ކާމިޔާބީއެއް ކަމަށްވެސް މީސްމީޑިއާގައި ކުރެއްވި ޕޯސްޓްގައި އޭނާ ވިދާޅުވިއެވެ. 

2019 އަދި 2020 ވަނަ އަހަރުގެ ނަތީޖާ ރޭ އިއުލާން ކޮށްފައިވާއިރު 2018 ވަނަ އަހަރު ވެސް އަތޮޅުގެ 1 ވަނަ ހޯދީ ރ. ކިނޮޅަސްކަން ފާހަގަ ކޮށްލެވެއެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ