މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: ފައިނު ކައުންސިލް

2019 އަދި 2020 ވަނަ އަހަރު ރ. އަތޮޅުގެ 2 ވަނަ ފައިނު ކައުންސިލަށް

ކައުންސިލްތަކުގެ މަސައްކަތްތައް މޮނިޓަރކޮށް ރޭންކް ކުރުމުގެ ބޭނުމުގައި ލޯކަލް ގަވަރމަންޓް އޮތޯރިޓީއިން ކުރިޔަށް ގެންދަވާ ކައުންސިލްތަކުގެ ޕާފޯމަންސް އިންޑެކްސްއިން ރ. އަތޮޅުގެ 2 ވަނަ 2019 އަދި 2020 ވަނަ އަހަރު ވެސް ފައިނު ކައުންސިލުން ހޯދައިފިއެވެ.

ވަނަވަނައަށް އައި ކައުންސިލްތަކަށް ފިލާ ހަވާލު ކުރުމަށް ރޭ ވަނީ ހާއްސަ ޖަލްސާއެއްވެސް ކުރިޔަށް ގެންގޮސްފައެވެ. އަދި މިއަދު އެލްޖީއޭއިން އާންމު ކޮށްފައިވާ ރިޕޯޓުގައި ބުނެފައިވާގޮތުން، ރ. އަތޮޅުގެ ކައުންސިލްތައް ރޭންކް ކުރެވިފައިވާ ގޮތް ތިރީގައި އެވަނީއެވެ. 

2019 ވަނަ އަހަރުގެ ރޭންކިން:

1 ވަނަ, ކިނޮޅަހު ކައުންސިލް
2 ވަނަ, ފައިނު ކައުންސިލް
3 ވަނަ, ވާދޫ ކައުންސިލް
4 ވަނަ, އަނގޮޅިތީމު ކައުންސިލް
5 ވަނަ, ހުޅުދުއްފާރު ކައުންސިލް
6 ވަނަ, ރަސްމާދޫ ކައުންސިލް
7 ވަނަ, މީދޫ ކައުންސިލް
8 ވަނަ, އަލިފުށީ ކައުންސިލް
9 ވަނަ, އިންނަމާދޫ ކައުންސިލް
10 ވަނަ, މާކުރަތު ކައުންސިލް
11 ވަނަ, މަޑުއްވަރީ ކައުންސިލް
12 ވަނަ, އުނގޫފާރު ކައުންސިލް 
13 ވަނަ, ދުވާފަރު ކައުންސިލް
14 ވަނަ, އިނގުރައިދޫ ކައުންސިލް
15 ވަނަ, ރަސްގެތީމު ކައުންސިލް

2020 ވަނަ އަހަރުގެ ރޭންކިން:

1 ވަނަ, ކިނޮޅަހު ކައުންސިލް
2 ވަނަ, ފައިނު ކައުންސިލް
3 ވަނަ, ހުޅުދުއްފާރު ކައުންސިލް
4 ވަނަ, މަޑުއްވަރީ ކައުންސިލް
5 ވަނަ, އަނގޮޅިތީމު ކައުންސިލް
6 ވަނަ, މާކުރަތު ކައުންސިލް
7 ވަނަ, މީދޫ ކައުންސިލް
8 ވަނަ, ވާދޫ ކައުންސިލް
9 ވަނަ, ރަސްގެތީމު ކައުންސިލް
10 ވަނަ, އަލިފުށީ ކައުންސިލް
11 ވަނަ, އިންނަމާދޫ ކައުންސިލް
12 ވަނަ, ރަސްމާދޫ ކައުންސިލް
13 ވަނަ, އިނގުރައިދޫ ކައުންސިލް
14 ވަނަ, ދުވާފަރު ކައުންސިލް
(އުނގޫފާރުން 2020 ވަނަ އަހަރު މިކަމަށް ބޭނުންވާ މައުލޫމާތު ފޮނުވާފައިނުވާތީ ރޭންކްގެ ތެރޭގައި އެ ކައުންސިލް ހިމެނިފައެއް ނުވެއެވެ)

2019 އަދި 2020 ވަނަ އަހަރުގެ ނަތީޖާ ރޭ އިއުލާން ކޮށްފައިވާއިރު 2018 ވަނަ އަހަރު ވެސް އަތޮޅުގެ 1 ވަނަ ހޯދީ ރ. ކިނޮޅަސްކަން ފާހަގަ ކޮށްލެވެއެވެ. އެ އަހަރު ވެސް އަތޮޅުގެ 2 ވަނަ ހޯދީ ފައިނު ކައުންސިލެވެ. އެހެންކަމުން މިއީ ފައިނު ކައުންސިލުން އަތޮޅުގެ 2 ވަނަ ހޯދާތާ 3 ވަނަ އަހަރެވެ.

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ