މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: ޓެކަރސް ފޭސްބޫކް ޕޭޖް

ޓެކަރސް މައިލޯ ޗެމްޕިއަންޝިޕްގެ ޒޯން 2 ގެ ޗެމްޕިއަންކަން ދުވާފަރު ހޯދައިފި

ޓެކަރސް މައިލޯ ޗެމްޕިއަންޝިޕް މޯލްޑިވްސް ކަޕްގެ ޒޯން 2 ގެ ޗެމްޕިއަންކަން ރ.ދުވާފަރުގެ ޓީމް ހޯދައިފިއެވެ.

ޒޯން 2 ގެ ޗެމްޕިއަންކަން ދުވާފަރުގެ ޓީމް ހޯދާފައިވަނީ މިއަދު ހަވީރު ބ. ދަރަވަންދޫ ފުޓްސަލް ދަނޑުގައި ޅ. ނައިފަރުގެ ޓީމާއި ވާދަކޮށެވެ.

ފައިނަލް މެޗްގެ ފުރިހަމަ ވަގުތު ހަމަވީއިރު 1 – 1 އިން ދެ ޓީމު އޮތީ އެއްވަރުވެފައެވެ. ދުވާފަރު މި މެޗް ކާމިޔާބު ކުރީ، ނަތީޖާ ނެރުމަށް ޕެނަލްޓީ ޖެހުމުން 3 – 5 ގެ ނަތީޖާއަކުންނެވެ. 

ފޯރި ގަދަ ކުޅުމެއް ފެނިގެންދިޔަ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައި ވަނީ ދުވާފަރު ޓީމްގެ ގޯލް ކީޕަރ އިބްރާހިމް އަބްދުﷲ އެވެ.

ޓެކަރސް މޯލްޑިވްސްއިން ކުރިއަށް ގެންދާ މި ފުޓްސަލް މުބާރާތަކީ ރާއްޖޭގެ ހުރިހާ ރަށެއްގެ ޓީމްތަކަށް ވެސް ބައިވެރިވެވޭނެހެން، ރާއްޖޭގެ ހުރިހާ އަތޮޅެއްގައިހެން ކުޅެން ހަމަޖެހިފައިވާ މުބާރާތެކެވެ. 

ޓެކަރސް މައިލޯ ކަޕްގެ ޗެންޕިއަން ޓީމަށް 50000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބޭއިރު، މުބާރާތުގެ  ރަނަރަޕް ޓީމަށް 25000ގެ ފައިސާގެ އިނާމެއް ދޭން ވަނީ ހަމަޖެހިފައެވެ.

ދުވާފަރު މި މުބާރާތުގެ ޒޯން 2 ގެ ފައިނަލަށް ގޮސްފައިވަނީ ބ. އޭދަފުއްޓާއި ބައްދަލުކޮށް މޮޅުވެގެނެވެ. އެ މެޗް ދުވާފަރުން ކާމިޔާބުކުރީ 2 – 1 އިންނެވެ. 

މި އަހަރުގެ މިމުބާރާތުގައި ރ. އަތޮޅުން ބައިވެރިވެފައިވަނީ ދުވާފަރު އެކަންޏެވެ.

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ