މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: ފައިނު ކައުންސިލް

ފައިނު ކައުންސިލްގެ އެސްޖީއަކަށް އިބްރާހީމް ފައިޞަލް

ރ. ފައިނު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ފައިނު މެހުރާ އިބްރާހީމް ފައިޞަލް އައްޔަން ކުރައްވައިފިއެވެ.

ސިވިލްސަރވިސް ކޮމިޝަނުން ފައިޞަލް މި މަގާމަށް އައްޔަން ކުރެއްވުމާއި ގުޅިގެން މިއަދު ވަނީ އޮފީހަށް ނުކުންނަވަން ފައްޓަވާފައެވެ. 

އެސްޖީ އޮފީހަށް ނުކުންނެވުމުން، ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ މެންބަރުންނާއި އިދާރާގެ މުވައްޒަފުންވަނީ އެސްޖީއަށް މަރުހަބާ ދެންނެވުމަށް ކުޑަ ހަފުލާއެއް ބާއްވާފައެވެ. 

އިބްރާހީމް ފައިޞަލްއަކީ، ޝަރީއާ އެންޑް ލޯ އިން ޑިގްރީ ހާސިލު ކުރައްވާފައިވާ ފަރާތެކެވެ. އަދި ފާއިތުވި 8 އަހަރު މަސައްކަތް ކުރައްވާފައިވަނީ، އެންޓި ކޮރަޕްޝަން ކޮމިޝަންގެ އިންވެސްޓިގޭޝަން އޮފިސަރެއްގެ މަގާމުގައެވެ. 

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން، ކައުންސިލްތަކުގެ އިދާރީ އެންމެ އިސް މަގާމުގެ ގޮތުގައި 5 އަހަރު ދުވަހުގެ މުއްދަތަށް އައްޔަންކުރާ މި މަގާމުގައި ހުންނަ ފަރާތަކީ ކައުންސިލުން ނިންމާ ނިންމުންތައް ތަންފީޒު ކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާންޖެހޭ ފަރާތެވެ.

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ