މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: ހެލްތް މިނިސްޓްރީ

ސްކޭން ޑޮކްޓަރެއް ނެތް މައްސަލައަށް ލަސްނުވެ ހައްލު ލިބޭނެ: ޔޫއާރްއެޗް

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް (ޔޫއާރްއެޗް) ގައި ސްކޭން ޑޮކްޓަރެއް ނެތް މައްސަލައަށް ލަސްނުވެ ހައްލު ލިބިގެން ދާނެކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަކީ ރީޖަންގެ ގިނަ ބަޔަކު ކޮންމެ ދުވަހަކު އެ ހޮސްޕިޓަލުން ހިދުމަތް ހޯދާ ހޮސްޕިޓަލެކެވެ. ނަމަވެސް އެ ހޮސްޕިޓަލުގައި ސްކޭން ޑޮކްޓަރެއް ނެތި މިހާރުވަނީ 13 ދުވަސް ފާއިތުވެފައެވެ. 

އެހެންކަމުން، މާބަނޑު މީހުންފަދަ މިފަދަ ހިދުމަތްތައް މުހިންމު އެތައް ބަލިމީހުނެއްވަނީ ސްކޭންގެ ހިދުމަތް ނުލިބި އެމަޖެންސީގައި އެހެން ހޮސްޕިޓަލްތަކަށް ގެންދަން ޖެހިފައެވެ. 

މިކަމާއި ގުޅިގެން މީސްމީޑިއާގައި ވެސް ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުން ދާތީ، ފައިނު އޮންލައިން އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެ ހޮސްޕިޓަލްގެ ޕަބްލިކް ރިލޭޝަން އޮފިސަރ ފަޒީލް ވިދާޅުވީ، އެ ހޮސްޕިޓަލްގައި މަސައްކަތް ކުރައްވާ ސްކޭން ޑޮކްޓަރު ރަށުން ވަޑައިގަންނަވަން ޖެހުނީ ޑޮކްޓަރުގެ އާއިލާއަށް ދިމާވި އެމަޖެންސީ ކަމެއްގައި ކަމަށާއި، ނަމަވެސް މިހާރު ލަފާކުރެވޭ ގޮތުން ކުރިޔަށް އޮތް ހަފްތާއެއް ނުވަތަ ދިހަވަރަކަށް ދުވަސްތެރޭ ޑޮކްޓަރު އެނބުރި ވަޑައިގަންނަވާނެ ކަމަށެވެ. 

އޭނާ ވިދާޅުވީ ހަފްތާއެއްހާ ދުވަސްތެރޭ ޑޮކްޓަރު ވަޑައިގަންނަވާނެކަމަށް ބެލެވުނު ނަމަވެސް، ޑޮކްޓަރު ވަޑައިގެންނެވީ އާއިލާގެ އެމަޖެންސީ ކަމެއްގައި ކަމަށްވާތީ ޑޮކްޓަރަށް އެނބުރި ވަޑައިގެންނެވޭނެ ސީދާ ތާރީހެއް ދިވާޅުވާން ދަތިކަމަށެވެ. 

ނަމަވެސް، ލަސްނުވެ އެ ހިދުމަތް އަލުން ފެށުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް އޭނާ ވިދާޅުވިއެވެ. 

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަކީ މި ސަރުކާރުން ޓާޝަރީ ފެންވަރަށް ތަރައްގީ ކުރަމުން ގެންދާ ހޮސްޕިޓަލެކެވެ. ފާއިތުވި ދުވަސްތަކުގައި ހޮސްޕިޓަލްގެ ވަސީލަތްތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާކަން ފާހަގަ ކުރެވެއެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ