މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޯރަމްގެ ތެރެއިން

އިސްލާމިކް މިނިސްޓްރީން ދުވާފަރުގައި އިހްޔާ ފޯރަމް ބާއްވައިފި

ރަމަޟާން މަހުގެ ރޭތައް އިހުޔާ ކުރުމަށް އިސްލާމިކް މިނިސްޓްރީން ކުރިޔަށް ގެންދާ ޕްރޮގްރާމްގެ ދަށުން ދުވާފަރުގައި އިހުޔާ ފޯރަމެއް ކުރިޔަށް ގެންގޮސްފިއެވެ.

މިރޭ ދުވާފަރުގައި ބޭއްވި މި ފޯރަމްގައި ދީނީ މައުލޫމާތު ދިނުމަށް ވާހަކަ ދައްކަވާފައިވަނީ ޝެއިޚް ޢަބްދުﷲ ރަޝީދާއި ޝެއިޚް މުޙައްމަދު ޝިފާނެވެ. ދުވާފަރު ޕްރައިމަރީ ސްކޫލްގެ ހޯލްގައި ބޭއްވި މި ފޯރަމްގައި ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބައިވެރިވެފައެވެ. މިރޭގެ މައުޟޫއެއްގެ ގޮތުގައި ހަމަޖައްސާފައި އޮތީ، "އީޖާބީ ވިސްނުން" މިއެވެ.

މިއީ އިސްލާމިކް މިނިސްޓްރީން ކުރިޔަށް ގެންދާ އިހުޔާ ފޯރަމްގެ 8 ވަނަ ޕްރޮގްރާމެވެ. 

ރަމަޟާންމަހުގެ ރޭތައް އިޙްޔާކުރުމަށް ކުރިއަށްގެންދާ އިޙްޔާ ފޯރަމްތައް އަތޮޅުތަކުގައިވެސް ކުރިއަށްގެންދާއިރު، މިހާތަނަށް ކުޅުދުއްފުށީ ސިޓީއާއި އައްޑޫ ސިޓީގައި ވަނީ ބާއްވާފައެވެ. އަންނަ ހުކުރުދުވަހު 22  އެޕްރީލް 2022ގައި މި ފޯރަމް އޮންނާނީ ފުވައްމުލައް ސިޓީގައެވެ.  25 ވާ ހޯމަ ދުވަހު އޮންނާނީ ގދ. ތިނަދޫގައެވެ.

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ