މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: ފޭސްބޫކް

އަލިފުށި ކައުންސިލުން އެއް މަސްދުވަހަށް ކުނިފީ މަޢާފުކޮށްދީފި

ރ. އަލިފުށީގައި ދެމުންދާ ކުނި މެނޭޖުކުރުމުގެ ހިދުމަތަށް ގޭބިސީތަކުން ދައްކަންޖެހޭ ކުނިފީ 1 މަސްދުވަހަށް މަޢާފު ކޮށްދޭން އެ ރަށު ކައުންސިލުން ނިންމައިފިއެވެ.

އެ ކައުންސިލުން އިއްޔެބުނީ، ކުނިފީއަށ ލުޔެއް ދިނުމުގެ ގޮތުން 2022 ވަނަ އަހަރު 1 މަސްދުވަހުގެ ކުނިފީ ހިލޭކޮށްދޭގޮތަށް ކައުންސިލުން ނިންމާފައިވާކަމަށެވެ. އެހެންކަމުން 2022 ވަނަ އަހަރަށް އެއްކޮށް ކުނިފީ ދައްކާފައިވާ ފަރާތްތަކަށް ކުރިޔަށް އޮތް 2023 ވަނަ އަހަރުގެ 1 މަހުގެ ކުނީފީ ހިލޭ ކޮށްދިނުމަށް ނިންމާފައިވާ ކަމަށް ވެސް ކައުންސިލުން ބުނެއެވެ. 

މީގެ އިތުރުން ވޭސްޓްމެނޭޖުމަންޓް ސެންޓަރުގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް، 1443 ވަނަ އަހަރުގެ ޝައްވާލުމަހުގެ 6 ރޯދައިގެ ނިޔަލަށް ކުނި އުކާލަން ކަނޑައެޅިފައިވާ ދުވަސްތަކުގައި، ގޭޓު ފީއާއިނުލާ ކުނި އުކާލެވޭ ގޮތަށް ނިންމާފައިވާކަމަށް ވެސް ކައުންސިލުން ބުނެއެވެ. 

ރަމަޟާން މަހާއި ގުޅުވައިގެން ރައްޔިތުންނަށް އެކި ކަންކަމުގައި ލުއި ދިނުމަށް އެކި ކައުންސިލްތަކުން ދަނީ ނިންމަމުންނެވެ. އެގޮތުން ބައެއް ރަށްރަށުގައި ކަރަންޓު ފީ ހިލޭ ކޮށްދީފައިވާކަންވެސް ފާހަގަ ކުރެވެއެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ