މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
އިސްލާމިކް މިނިސްޓަރ ޒާހިރު

މާދަމާއަކީ ފަހު ރޯދަ، އީދު ދުވަހަކީ ހޯމަ ދުވަސް

މިއަހަރުގެ ފިޠުރު ޢީދު ދުވަހަކީ އަންނަ ހޯމަދުވަސްކަމަށް އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު އިއުލާންކުރައްވައިފިއެވެ.

އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު މިހެން ވިދާޅުވީ 1443 ވަނަ އަހަރުގެ ޝައްވާލުމަހުގެ ހަނދާބެހޭ ގޮތުން ގޮތެއް ނިންމެވުމަށްޓަކާ މިރޭ ބޭއްވި ބައްދަލުކުރެއްވުމަށްފަހު ހަނދާބެހޭ ގޮތުން އިއްވެވި ބަޔާނުގައެވެ.
 
ހަނދާ ބެހޭ ގޮތުން އިއްވެވި ބަޔާނުގައި އިސްލާމިކް މިނިސްޓަރ ވިދާޅުވީ 1443 ވަނައަހަރުގެ ރަމަޟާން މަހުގެ 29 ވަނަ ދުވަސް (މިއަދު) އިރޮއޮއްސުނުއިރު ދިވެހިރާއްޖޭގެ އެއްވެސް ރަށަކަށް އަދި އިސްލާމީ އެއްވެސް ޤައުމަކަށް 1443 ވަނަ އަހަރުގެ ޝައްވާލްމަހުގެ ހަނދު ފެންމަތި ނުވާނެކަން އިތުބާރު ހުރި ފަލަކީ ހިސާބުތަކުން ކަށަވަރުވާތީ ރަމަޟާން މަހާއި ޝައްވާލް މަހުގެ ހަނދު ސާބިތުކުރުމަށް ރާއްޖޭގައި އަމަލުކުރުމަށް ހަމަޖެހިފައިވާ އުސޫލްގައިވާ ގޮތުގެ މަތިން މާދަމާއަކީ މިއަހަރުގެ ރަމަޟާންމަހުގެ 30ވަނަ ދުވަސް ކަމަށާއި އަންނަ ހޯމަ ދުވަހަކީ މިއަހަރުގެ ފިޠުރު އީދު ދުވަސް ކަމަށެވެ.

އިސްލާމިކް މިނިސްޓަރ ވަނީ ބަރަކާތްތެރި ފިޠުރު ޢިދުގެ ތަހްނިޔާ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަށާއި ދިވެހި އެންމެހާ ރައްޔިތުންނަށާއި އިސްލާމީ އުއްމަތަށް ތަހްނިޔާ ފޮނުއްވާފައެވެ.

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ