މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: ފޭސްބުކް

އުމްރާއަށް ގޮސް އުޅުނު ރ. މީދޫ މީހަކު ނިޔާވެއްޖެ

އުމްރާއަށް ގޮސް އުޅުނު ދިވެއްސަކު ނިޔާވެއްޖެއެވެ.

ނިޔާވެފައި ވަނީ ރ. މީދޫ އުމުރުން 71 އަހަރުގެ ސައިދު ޔޫސުފެވެ. އޭނާ އުމްރާއަށް ގޮސްގެން އުޅުނީ ޒަމްޒަމް ހައްޖު އެންޑް އުމްރާ ޓްރެވަލްސްގެ ފަރާތުންނެވެ.

އެ ޖަމާއަތުން ވަނީ ސައީދު ނިޔާވިކަން ހާމަކޮށްފައެވެ.

ޒަމްޒަމް ގްރޫޕުން ބުނީ ސައީދު ނިޔާވީ މައްކާގައި ހުންނަ ކިންގް ފައިސަލް ހޮސްޕިޓަލުން ފަރުވާ ދެމުންދަނިކޮށް ކަމަށެވެ. އޭނާ ބަލިވެގެން ހޮސްޕިޓަލްގައި އެޑްމިޓް ކުރަން ޖެހުނު ސަބަބު ހާމައެއް ނުކުރެއެވެ.

މިއީ ރޯދަ މަހުގެ އުމްރާއަށް މިއަހަރު ދިޔަ ދިވެހިންގެ ތެރެއިން ނިޔާވި ދެވަނަ މީހާއެވެ.

އުމްރާގެ މާތް އަޅުކަމަށް ގޮސް އުޅެނިކޮށް މިދިޔަ މަހުގެ ފަހުކޮޅު ވެސް މީހަކު ނިޔާވިއެވެ. ނިޔާވެފައި ވަނީ ބ. އޭދަފުށި ބަގީޗާގޭ/ އަބޫބަކުރު ހަސަންއެވެ.

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ