މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: މިހާރު

ބައްޕަ އަވަދިނެތި ވެގެން ވަގުތުކޮޅެއް ނުދެވޭ ކުއްޖަކީ ވެސް ހަމަ ޔަތީމެއް: ޚުތުބާ

ބައްޕަ އަވަދިނެތި އުޅުމުގެ ސަބަބުން، ވަގުތުކޮޅެއް ނުދެވޭ ކުއްޖަކީ ވެސް، ހަމަ ޔަތީމެއް ކަމެެއް ކަމުގައި މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ހުތުބާގައި މައިންބަފައިންގެ ޒިންމާ އާއި ގުޅޭ ގޮތުން އަލިއަޅުވާލާފައިވާގޮތުގައި، ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ހަދީޘް ފުޅުން، ދަރީން ރަނގަޅު ގޮތުގައި ބަލައި ބޮޑުކުރުމުގެ މަސްއޫލިއްޔަތު އުފުއްލައި، އެކުދީންނަށް ތަރުބިޔަތު ދޭންޖެހޭނީ މައިންބަފައިންކަން އެނގޭކަމަށެވެ.

ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތު ކޮށް، އެދަރިއަކީ ރަނގަޅު ކުއްޖެއް ކަމުގައިވާނަމަ، އެއީ ކުއްޖާގެ މައިންބަފައިންނަށް ލިބޭނެ، ދެދުނިޔޭގެ ހެވެއް ކަމަށްވާއިރު، ތަރުބިއްޔަތުގައި އިހުމާލުވުމުގެ ސަބަބުން އެދަރި ނުބައިވެއްޖެނަމަ އެކަމުގެ ޒިންމާ އެދަރިއާ މެދު ނޭޅުއްވުމަށްވެސް ހުތުބާގައިވަނީ ބުނެފައެވެ.

ސަބަބަކީ ދަރިން ތަރުބިއްޔަތު ކޮށް، ﷲ ސުބުޙާނަހޫވަތަޢާލާ ދެއްވި އެ ނިޢުމަތާއި ގުޅިގެން އެކަލާނގެ ސުވާލު ކުރައްވާނީ އެ ކުއްޖާގެ މައިންބަފައިންނާ ކަމަށާއި އެސުވާލު އެހެންމީހަކާއި ނުކުރެވޭނެ ކަމަށްވެސް ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.

އަދި މީގެ އިތުރުންވެސް، ޔަތީމުންނަކީ ހަމައެކަނި މައިންބަފައިން މަރުވެފައިވާ ކުދީންނެއް ނޫން ކަމަށާއި، އަޅާނުލާ މަޔަކު ލިބިފައިވާ ކޮންމެ ކުއްޖަކީ ވެސް ޔަތީމެއް ކަަމަށާއި، އަދި ބައްޕަ އަވަދިނެތި އުޅުމުގެ ސަބަބުން، ވަގުތުކޮޅެއް ނުދެވޭ ކުއްޖަކީ ވެސް، ހަމަ ޔަތީމެއް ކަަމަށް ވިދާޅުވެ އަމިއްލަ ދަރިން ޔަތީމު ނުކުރުމަށް ޚުތުބާގައި ވަނީ ގޮވާލާފައެވެ.

ޚުތުބާގައިވަނީ ދަރިން ތަރުބިއްޔަތު ކުރުމުގައި އިސްކަންދޭންވީ ކަންކަންވެސް އަލި އަޅުވާލާފައެވެ. އެގޮތުން އެކަމަށްޓަކައި އަޅަންޖެހޭ ފުރަތަމަ ފިޔަވަޅަކީ، އީމާންކަމުގެ ތަރުބިޔަތު ދިނުން ކަމަށް ހުތުބާގައި ބުނެފައިވެއެވެ. އަދި އެތަރުބިޔަތު ދޭންވާނީ އޯގާވެރިކަމާއި ލޯތްބާ އެކުގައި ކަމަށާއި،  ޅަދަރީން ލައްވާ ގަދަކަމުން ނަމާދުކުރުވައި، ހެދުމުން އެކުދިން އެކަންކަން ކުރާނީ ކުރާ ހިތަކުންނޫން ކަމަށާއި، އޭގެ ނަތީޖާއެއްގެ ގޮތުން އެކުދީން ބޮޑުވަމުން އަންނާނީ، ދީނަށް ނަފްރަތުކުރާ ބައެއްގޭ ގޮތުގައި ކަމަށްވެސް ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން ވެސް، ބައެއް މައިންބަފައިން މިއަދު ދައްކާ ވާހަކައަކީ، އެމީހުންގެ ދަރީން ކުއްލިއަކަށް ނަމާދާ ދުރުހެލިވާ ވާހަކައާއި، ފޯނާއި ކޮމްޕިޔުޓަރުފަދަ ޒަމާނީ ވަސީލަތްތަކުގެ ތެރެއަށް ގެނބި، މާތް ﷲ ޙަރާމްކުރެއްވި ކަންތައްތަކަށް އަރައިގަންނަމުންދާ ވާހަކައާއި، ކުއްލިއަކަށް މާބޮޑަށް މިނިވަންވެ، މައިންބަފައިންނަށް ނުވެސް އެނގި، ޙަޔާތުގެ ބައިވެރިޔަކު ހޯދުމުގެ މަސައްކަތްފަށާ ވާހަކަކަން ފާހގަކޮށް ހުތުބާގައި ބުނީ،  މިފަދަ ބަލިތަކާއި، ރޯގާތައް އެކުދީންނަށް މިޖެހެނީ، އެފަދަ ކަންކަމުން އެކުދީން ޙިމާޔަތްކުރުމަށް އަޅަންޖެހޭ ހަރުދަނާ ފިޔަވަޅުތައް ނާޅާތީކަމަށެވެ.

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ