މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: އެހީ

އެހީ ޖަމިއްޔާއިން ފައިނުގެ އާއިލާއެއްގެ ގޭގެ އިމާރާތުގެ މަސައްކަތް ކޮށްދެނީ

ފައިނުގައި އަމިއްލަ ގެދޮރު ނެތި އުޅެމުންދާ އާއިލާއަކަށް، އެމީހުންގެ އަމިއްލަ ގޭގެ މަސައްކަތްތައް ނިންމާލަދިނުމަށް އެހީ ޖަމިއްޔާއިން ނިންމާ އެ މަސައްކަތް ބަޔަކާ ހަވާލު ކޮށްފިއެވެ.

ފައިނުގައި ދިރިއުޅޭ މަންމައަކާއި ފިރިހެން ދަރިފުޅު މިހާރު ދިރިއުޅެމުންދަނީ އަމިއްލަ މީހެއްގެ ގޭގައެވެ. އެހެންކަމުން، ފައިނު ކައުންސިލްގެ ހުށަހެޅުމަކަށް އެހީ ޖަމިއްޔާއިންވަނީ އެ އާއިލާގެ ހާލަތު ބެލުމަށް ދާދިފަހުން ފައިނަށް ޒިޔާރަތް ކޮށްފައެވެ. އަދި އެ ގޭގެ ހާލަތު ބެލުމަށްފަހު އެ ޖަމިއްޔާއިން ވަނީ އެ އާއިލާއިން އިމާރާތް ކޮށްފައިވާ އެ މީހުންގެ އަމިއްލަ ގެ ހިޔާކޮށް ނިންމާ، ދިރިއުޅެވޭ ފެންވަރަށް ގެނައުމަށް ފަންޑެއް ހުޅުވާލާ އެހީތެރިވުމުގެ ފުރުސަތު ހުޅުވާލާފައެވެ. 

އަދި މިއަދުވަނީ، އެ މަސައްކަތް އަމިއްލަ ފަރާތަކާއި ހަވާލު ކޮށްފައެވެ. އެހީ ޖަމިއްޔާއިންބުނީ ކުރިޔަށް އޮތް 3 މަސް ދުވަހުގެ ތެރޭގައި ގޭގެ މަސައްކަތްތައް ނިންމާލެވޭތޯ މަސައްކަތް ކުރަމުންދާކަމަށެވެ. އަދި މިކަމުގައި އެހީތެރިވެދިން އެންމެހާ ފަރާތްތަކަށް އެ ޖަމިއްޔާއިންވަނީ ޝުކުރު އަދާކޮށްފައެވެ. 

އެހީ ޖަމިއްޔާއަކީ ގައުމީ ފެންވަރުގައާއި އަދި ބައިނަލްއަގުވާމީ މުޖުތަމައުތަކަށް ވެސް އެކި ގޮތްގޮތުން އެހީތެރިވަމުންދާ އަމިއްލަ ޖަމިއްޔާއެކެވެ. 

މިލިޔުން ކިޔާލުމުން

100%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ