މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: މީސްމީޑިއާ

ޓުއަރިޒަމް ދާއިރާގައި އުޅޭ ރ. އަތޮޅު ރައްޔިތުންގެ އަގު ވަޒަންކުރަނީ

ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފާހަގަ ކުރުމުގެ ގޮތުން، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ރ. އަތޮޅުގެ ރައްޔިތުންގެ އަގު ވަޒަން ކުރުމުގެ ގޮތުން ހާއްސަ އެވޯޑެއް ދިނުމަށް ރ. އަތޮޅު ކައުންސިލުން ނިންމައިފިއެވެ.

މުޅިން އަލަށް ތައާރަފުކުރާ މި އެވޯޑަށް ކުރިމަތި ލުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލާފައެވެ. ރ. އަތޮޅު ކައުންސިލުން ބުނީ، މިފަދަ އެވޯޑެއް ދިނުމުގެ އެންމެ ބޮޑު އެއް މަގުސަދަކީ މި ދާއިރާގައި މަސައްކަތް ކުރަމުންދާ މީހުންގެ އަގު ވަޒަންކުރުމާއި ޒުވާނުން މި ދާއިރާއަށް އިތުރަށް ޝައުގުވެރިކަން އުފެއްދުން ކަމަށެވެ. 

އަތޮޅު ކައުންސިލުން ބުނީ، މިފަހަރު ދޭން ހަމަޖެހިފައިވާ އެވޯޑުތަކުގެ ތެރޭގައި ހިމެނެނީ މި ދާއިރާގައި 20 އަހަރަށް ވުރެ ގިނަ ދުވަސްވީ މުވައްޒަފުންނަށް ދެވޭ "ދަންޑެހެލު އެވޯޑު"، އަތޮޅުގެ ދަރިންގެ ތެރެއިން ވޭތުވެދިޔަ 2 އަހަރުތެރޭ އިންޓަނޭޝަނަލް އެވޯޑެއް ހާސިލްކޮށްފައިވާ ފަރާތްތަކަށް ދެވޭ "ބަޠޫޠާ އެވޯޑު"، އަތޮޅުގައި މިހާރު އޮޕަރޭޓު ކުރާ ހުރިހައި ރިޒޯޓުތަކަށް ދެވޭ "ކޮއިމަލާ އެވޯޑު"ގެ އިތުރުން އަތޮޅު ކައުންސިލަށް އަދި އަތޮޅުގެ ރަށްތަކަށް ސީއެސްއާރުގެ ދަށުން އެންމެ ގިނަ އެހީތެރިކަން ދީފައިވާ ރިޒޯޓަށް ދޭ "އަތޮޅު ރިޒޯޓު" އެވޯޑެވެ.

ރ. އަތޮޅަކީ މިހާރު ވެސް ގިނަ އަދަދެއްގެ ރިސޯޓުތައް އޮޕަރޭޓް ކުރަމުންދާ އަތޮޅެކެވެ.

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ