މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފައިނު ދަނޑުބިންތައް - ފޮޓޯ: ޠާއިފް

ފައިނު ދަނޑުވެރިންގެ ފަރާތުން ކައުންސިލަށް ޕެޓިޝަނެއް

ރ. ފައިނުގައި ދަނޑުވެރިކަން ކުރާ ފަރާތްތަކުން އެފަރާތްތަކުގެ ކަންބޮޑުވުންތައް ހާމަކޮށް ކައުންސިލަށް ޕެޓިޝަނެއް ހުށަހަޅައިފިއެވެ.

މިކަމާއި ގުޅޭގޮތުން މައުލޫމާތު ދިން ދަނޑުވެރިޔަކު ބުނީ، މިދިޔަ ހަފްތާތެރޭ ހުށަހެޅި މި ޕެޓިޝަންގައި ފައިނުން ދިގުމުއްދަތަށް ދަނޑުބިން ދޫކޮށްފައިވާ ފަރާތްތަކުން ވަނީ ސޮއި ކޮށްފައި ކަމަށެވެ. އަދި އެ ފަރާތްތަކުން މައިގަނޑުގޮތެއްގައި 3 ކަމެއް ޕެޓިޝަންގައި ވަނީ ފާހަގަކޮށްފައެވެ. އެގޮތުން، ބައްޔެއްގެ ސަބަބުން މިފަހަރު ދަނޑުތަކަށް ލިބުނު ގެއްލުމުގެ ސަބަބުން ދަނޑުތަކުން އެދެވޭ އާމްދަނީއެއް ލިބިފައިނުވުމާއި ބައެއް ދަނޑުތަކުން އެއްވެސް ވަރެއްގެ އާމްދަނީއެއް ލިބިފައިނުވާތީ، ދަނޑުވެރިންނަށް ފޯރުކޮށްދިން ގަސްކާނާއަށް ކައުންސިލަށް ދައްކަންޖެހޭ ފައިސާއިން ލުޔެއް ދިނުމަށް އެދޭ ކަމަށާއި ދަނޑުބިންތަކުން މިހާރު ނަގަމުންދާ ކުލި ކުޑަކޮށްދިނުމަށް އެދޭ ކަމަށާއި، އަދި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވައުދާއި އެއްގޮތަށް 3 އަހަރުގެ މުއްދަތަށް ދަނޑުބިންތަކުން ކުލި ނުނަގާގޮތަށް ހަމަޖެހޭތޯ ވަނީ ޕެޓިޝަންގައި އެދިފައެވެ. 

މި ޕެޓިޝަންއާއި ގުޅިގެން ކައުންސިލުން އަމަލުކުރަން ނިންމާފައިވާ ގޮތެއް ސާފުކޮށްލުމަށް ކައުންސިލްގެ ރައީސް މޫސާ ޢުމަރު މަނިކަށް "ފައިނު އޮންލައިން" ސުވާލު ކޮށްލުމުން ވިދާޅުވީ، ދަނޑުވެރިކަން ކުރިއަރުވާ، ދަނޑުވެރިން އުފެއްދުމަކީ ކައުންސިލްގެ ވަރަށް ބޮޑު އަމާޒެއް ކަމަށާއި ދަނޑުވެރިންނަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުމަށް އިސްކަމެއް ދީގެން ކައުންސިލުން މަސައްކަތް ކުރާނެކަމަށެވެ. 
ފައިނުން މުޅިން އަލަށް ދިގު މުއްދަތަށް ކުއްޔަށް ދަނޑުބިން ދޫކުރީ މިދިޔަ އަހަރެވެ. އަދި މިއަހަރު ރަމަޟާން މަހާއި ދިމާކޮށް އެ ދަނޑުތަކުގައި އިންދި ގިނަ ބާވަތްތައް ބައްޔެއްގެ ސަބަބުންވަނީ ނެތިގެން ގޮސްފައެވެ. މި މައްސަލަ މޫސުމީ ދަނޑުވެރިކަން ކުރާ ފަރާތްތަކަށްވެސް ވަނީ ދިމާވެފައެވެ. 

ފައިނުން ދިގުމުއްދަތަށް ދަނޑުބިން ދޫކުރީ ދެ ބަޔަކަށް ބަހާލައިގެނެވެ. އެއީ ޑްރިޕް އިރިގޭޝަން ސިސްޓަމް ގާއިމް ކޮށްފައިވާ ދަނޑުތަކާއި އެ ނިޒާމު ގާއިމު ކޮށްފައިނުވާ ދަނޑުތަކެވެ. އެގޮތުން އިރިގޭޝަން ސިސްޓަމް ގާއިމު ކޮށްފައިވާ 8 ދަނޑަކާއި، އެ ނިޒާމު ގާއިމު ނުކުރާ 10 ދަނޑު ވަނީ ދޫކޮށްފައެވެ. އިރިގޭޝަން ނިޒާމު ގާއިމް ކޮށްފައިވާ ދަނޑަކަށް މަހު ކުލީގެ ގޮތުގައި 1200 ރުފިޔާ ދައްކަންޖެހެއެވެ. އަދި އެ ނިޒާމު ގާއިމު ކޮށްފައިނުވާ ދަނޑަކަށް މަހަކު 1000 ރުފިޔާ ދައްކަންޖެހެއެވެ. 

ދިގުމުއްދަތަށް ފައިނުން ދޫކޮށްފައިވަނީ 10،000 އަކަފޫޓުގެ ދަނޑުބިންތަކެކެވެ.  

މިލިޔުން ކިޔާލުމުން

0%
އުފާވި
100%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

2 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހަގުބެ 1 year ago

އެއަޕޯޓު ރަންވޭ މަތީ ދަނޑުހައްދަބަލަ

ރައްދު

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހަގުބެ 1 year ago

އެންމެ ފަހުން އަތަށް ގޮވީދޯ- ބޯހަލާކު

ރައްދު

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ