މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: ޒިޔާދު

ފައިނު ބޮޑުއީދު: މިފަހަރު ވެސް ފޯރިގަދަ ކުޅިވަރުތަކާއެކު މަޖާ އީދަކަށްވާނެ

ކުރިޔަށް އޮތް އަލްހާ އީދު ފައިނުގައި ވެސް ފޯރިއާއެކު ފާހަގަކުރަން ތައްޔާރުވެއްޖެއެވެ.

އީދު ކޮމެޓީއެއްގެ ބެލުމުގެ ދަށުން މިފަހަރުވެސް ކުޅިވަރުތައް ރާވާލާފައިވާއިރު، އީދަށް ތައްޔާރުވުމަށް ރަށުގައިހުރި މުއައްސަސާތަކާއި ކުލަބު ޖަމިއްޔާތައް ގުޅިގެން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އޭގެ ތެރޭގައި އީދާއި ގުޅިގެން އެކިއެކި އިންތިޒާމުތައް ހަމަޖެއްސުން ހިމެނެއެވެ. 
އަންހެނުންގެ ކޯޑި ކުޅުމުގެ ތެރެއިން - ފޮޓޯ: މުޙައްމަދު ޒިޔާދު
މިފަހަރުވެސް އީދު ފާހަގަ ކުރުމަށް ފައިނު އީދު ކޮމެޓީންވަނީ އީދު ތާވަލެއް ނެރެފައެވެ. މިފަހަރު ރާވާފައިވާ މުހިންމު ހަރަކާތްތަކަށް ބަލާއިރު، އީދަށް މަރުހަބާ ކިޔުމާއި، އީދު ސައި، މޫދު ކުޅިވަރު ރޭސްތަކާއި ކުޑަކުދިންގެ ހަވީރު ފާހަގަ ކޮށްލެވެއެވެ. އަދި ފިރިހެނުންގެ ސަގާފީ އައިޓަމްތަކުގެ ތެރޭގައި ހިމެނޭ ކުރުފަލި ޖެހުމާއި، ނާއެޅުން އަދި ދިގުމަގު ކުޅި، ފަތްމާލި ބޮޑުމަސްކުޅުން ވެސް ހިމެނެއެވެ. 
ފިރިހެނުންގެ ސަގާފީ ލަވައިގެ ތެރެއިން - ފޮޓޯ: މުޙައްމަދު ޒިޔާދު
މީގެ އިތުރުން ކަނބަލުންނަށް ހާއްސަކޮށްފައިވާ ދުވަހު ކަނބަލުންގެ ކުރުފަލި ޖެހުމާއި ސަގާފީ ލަވަ ފާހަގަކޮށްލެވެއެވެ. އެހެން އަހަރުތަކެކޭވެސް އެއްގޮތަށް މި އަހަރުވެސް ބޯޑު ކުޅިވަރާއި ކޯޑި ކުޅުން އަދި ދެލިމާލިވެސް އޮންނާނެކަމަށް އީދު ކޮމެޓީން މައުލޫމާތު ދެއެވެ. 

ބޮޑު އީދަކީ ޒަމާނުއްސުރެ ފައިނުގައި ފޯރިގަދަކޮށް ފާހަގަ ކުރަމުން އަންނަ އީދެކެވެ. އާންމުކޮށް ކޮންމެ އަހަރަކުވެސް ބޮޑު އީދަށް ގިނަ ބަޔަކު ފައިނަށް ޒިޔާރަތް ކުރެއެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ