މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: ޕީއެސްއެމް

ބުލްގާރީ ބްރޭންޑުގެ ރިސޯޓެއް ރ. އަތޮޅުގައި ހުޅުވަނީ

ދުނިޔޭގެ އެންމެ މަޝްރޫހު ލަގްޒަރީ ބްރޭންޑުތަކުގެ ތެރޭގައި ހިމެނޭ، "ބުލްގާރީ" ބްރޭންޑުގެ ރިސޯޓެއް ރ. އަތޮޅުގައި ހުޅުވާގޮތަށް ހަމަޖެހިއްޖެއެވެ.

މި ރިސޯޓު ހުޅުވުމަށް ހަމަޖެހިފައިވަނީ 2025 ގައެވެ. މިއީ ރާއްޖޭގައި ހުޅުވާ މި ބްރޭންޑުގެ ފުރަތަމަ ރިސޯޓެވެ.

ދަ ބުލްގާރީ ރިސޯޓު ރަންފުށީގެ ނަމުގައި ހުޅުވާ މި ރިސޯޓުވެގެންދާނީ އެންމެ މަތީ ފަންތީގެ ހިދުމަތްދޭ ރިސޯޓަކަށެވެ. 

20 ހެކްޓަރުގެ ބިމެއްގައި ތަރައްޤީކުރާ މި ރިސޯޓުގައި ސްވިޕޫލްއާއެކު ތަރައްގީ ކޮށްފައިވާ 33 ބީޗު ވިލާ ހުންނާނެކަމަށާއި އަދި އެންމެ މަތީ ފެންވަރުގެ ޙިދުމަތްތައް ލިބޭ 20 ވޯޓަރ ވިލާ ހުންނާނެކަމަށް މައުލޫމާތު ލިބެއެވެ.

ބުލްގާރީ ރިސޯޓު ރަންފުށިން ސްޕާއެއްގެ ހިދުމަތާއި، ފިޓްނަސް ސެންޓަރއެއްގެ ހިދުމަތުގެ އިތުރުން ޕްރައިވެޓް ލައިބްރަރީއެއްގެ ހިދުމަތް ލިބޭނެއެވެ. އަދި ތަފާތު އެކި ކަހަލަ ކެއުންތައް ލިބޭ 4 ރެސްޓޯރެންޓެއްވެސް މި ރިސޯޓުގައި ތަރައްގީ ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ރަންފުށީގައި ތަރައްގީ ކުރާ ރިސޯޓު ވެގެންދާނީ ބުލްގާރީ ހޮޓެލްސްގެ 13 ވަނަ ރިސޯޓަށެވެ. ބުލްގާރީއިން ރިސޯޓުތައް ހުޅުވާނީ ހޮވާލެވޭ ހާއްސަ މަންޒިލްތަކުގައި އެކަންޏެވެ. އެގޮތުން މިހާރުވެސް އެ ބްރޭންޑުގެ ރިސޯޓުތައް މިލާން، ލަންޑަން، ބާލީ އަދި ޕެރިސްގައި ހުރެއެވެ.

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ