މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: ވިޒިޓް ކިނޮޅަސް

ކިނޮޅަހުން ބަންޑާރަ ގޯއްޗަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

ރ. ކިނޮޅަހުން ބަންޑާރަ ގޯއްޗަށް އެދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެ ރަށު ކައުންސިލުން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، މިބުރުގައި ދޫކުރަން ހަމަޖެހިފައިވަނީ 2000 އަކަފޫޓުގެ 14 ގޯއްޗާއި 3000 އަކަފޫޓުގެ 1 ގޯތި ކަމަށެވެ. އަދި ގޯތި ދޫކުރުމުގެ ކަންކަން ކުރިޔަށް ދާނީ ކައުންސިލުން އެކަމަށް އެކުލަވާލާފައިވާ އުސޫލާއި އެއްގޮތަށް ކަމަށް ވެސް އިއުލާނުގައި ބުނެފައިވެއެވެ. 

ކިނޮޅަހުން ގޯއްޗަށް އެދެން ބޭނުންވާ ފަރާތްތަކުން ޖުލައި 17 ވާ އާދިއްތަ ދުވަހުން ފެށިގެން 31 އޯގަސްޓް 2022 ގެ މެންދުރު 12:00 އާއި ދޭތެރޭ ފޯމް ހުށަހެޅުމަށް އެ ކައުންސިލުން އެދެއެވެ. 

އެ ކައުންސިލުން އެކުލަވާލާފައިވާ ގޯތި ދޫކުރުމުގެ އުސޫލުގައިވާ ގޮތުން، ގޯތި ލިބޭނީ ޕޮއިންޓް ލިބޭ މިންގަނޑުތަކަށް ޕޮއިންޓް ދިނުމުން އެންމެ މަތިން ޕޮއިންޓް ލިބޭ 15 ފަރާތަކަށް ކަމަށެވެ. ގޯއްޗަށް އެދުމުގެ އަސާސީ ޝަރުތުތަކުގެ ތެރޭގައި އުމުރުން 18 އަހަރު ވެފައިވުން ހިމަނާފައިވީނަމަވެސް، ގޯއްޗަށް އެދޭ މީހަކީ ކޮންމެހެން އެ ރަށުގެ ރަށްވެއްސަކަށް ވުން ލާޒިމެއް ނޫނެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ