މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41

މަސްތުވާތަކެއްޗާއިއެކު އިނގުރައިދޫން 2 މީހަކު ހައްޔަރުކޮށްފި

ރ. އިނގުރައިދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި، އިނގުރައިދޫން މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 34 އަހަރުގެ ފިރިހިނެކާއި 40 އަހަރުގެ ފިރިހެނެެއްކަމަށް ފުލުހުން މަޢުލޫމާތު ދެއްވައެވެ. މި ދެ މީހުންނަކީވެސް ދިވެހިން ކަމަށާއި މި ދެ މީހުން ހައްޔަރުކޮށްފައިވަނީ އިނގުރައިދޫގައި މަސްތުވާތަކެތީގެ ބޭނުންކުރާކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އިއްޔެގެ ވަގުތެއްގައެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވާ ދެ މީހުންގެ  ބަންދާމެދު ގޮތެއް ނިންމުމަށް ރ. އިނގުރައިދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 34 އަހަރުގެ މީހާއަށް ދެ ދުވަހުގެ މުއްދަތު ދީފައިވާއިރު 40 އަހަރުގެ މީހާ ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތު ދީފައިވާކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.

މި މައްސަލަ އިނގުރައިދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.


މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
100%
ހިނިއައި
0%
ރުޅިއައި

2 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ބާއީ 4 years ago

ހައްޔަރު ނުކުރާވަރެއް ނޫން

ރައްދު

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ