މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފައިނު އޮންލައިން ފޮޓޯ: މުޙައްމަދު ޒިޔާދު

ސައިފް އިންޓަރިސޯޓް ވޮލީބޯޅަ ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ސިޔާމް ވޯލްޑް ހޯދައިފި

ރ. އުނގޫފާރު ސައިފް ޖަމްއިއްޔާއިން އިންތިޒާމް ކޮށްގެން ރ. އަދި ނ. އަތޮޅަށް ފުރުސަތު ހުޅުވާލައިގެން ކުރިއަށް ގެންދިޔަ "ސައިފް އިންޓަރ ރިސޯޓް ޗެމްޕިއަންޝިޕް" ވޮލީ ބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ސިޔާމް ވޯލްޑުން ހޯދައިފިއެވެ.

މިރޭ އުނގޫފާރުގައި ކުޅުނު މި މުބާރާތުގެ ފައިނަލް މެޗްގައި ސިޔާމް ވޯލްޑާއި ބައްދަލުކުރީ ކޮރަކޮރާ ރިސޯޓެވެ. މިމެޗް ސިޔާމް ވޯލްޑުން ކާމިޔާބު ކުރީ ސީދާ ތިން ސެޓުންނެވެ. އެގޮތުން ފުރަތަމަ ސެޓް ކާމިޔާބުކުރީ 25- 20 އިންނެވެ. ދެވަނަ ސެޓް ކާމިޔާބު ކުރީ 25 – 23 އިންނެވެ. އަދި ތިންވަނަ ސެޓް ކާމިޔާބު ކުރީ 25 – 20 އިންނެވެ. 

މި މެޗަށްފަހު މުބާރާތުގެ ޗެމްޕިއަން ޓީމަށާއި ރަނަސްއަޕަށް ޓްރޮފީއާއި ފައިސާގެ އިނާމު ވަނީ ހަވާލުކޮށްފައެވެ. އަދި އެކި ވަނަތަކަށް ދިޔަ ފަރާތްތަކަށް ވެސް ވަނީ ޓްރޮފީ ހަވާލުކޮށްފައެވެ. 

މިމުބާރާތުގައި ޖުމުލަ 4 ޓީމަކުން ބައިވެރިވެފައިވެއެވެ.

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ